ހިޔާ ފްލެޓުތަކުގެ ފިނިޝިން ޑިސްކައުންޓު ދޭން ވެގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބަދަލު ގެނައިއިރު، އަންނަ މަހުން ފެށިގެން ހިޔާ ފްލެޓެއްގެ ކުލި އަލުން 5،300ރ. އަށް ބޮޑުކުރާނެ ކަން ފްލެޓު ވެރިންނަށް އަންގައިފި އެވެ.
އެޗްޑީސީން ހިޔާ ފްލެޓުތަކުގެ ވެރިންނަށް ފޮނުވި ސިޓީއެއްގައި ވަނީ އަންނަ މަހުން ފެށިގެން ފްލެޓުތަކުގެ ޖުމްލަ އަގު ދައްކާ ހަލާސްކުރެވެންދެން ފްލެޓުތަކުގެ ކުއްޔަކީ 5,300ރ. ކަމަށެވެ. މިއީ މި ސަރުކާރުން ހިޔާ ފްލެޓެއްގެ ކުލި 3،854ރ. އަށް ކުޑަކުރުމުގެ ކުރިން ނަގަމުން އައި ކުއްޔެވެ.
ފިނިޝިން ޑިސްކައުންޓުގެ ގޮތުގައި ބާކި ހުރި އަދަދު ކޮންމެ މަހަކު އުނިކުރަމުން ދާނީ ވެސް މި ރޭޓުގައި އެވެ.
ހިޔާ ފުލެޓުތަކުގެ އެއްބަސްވުން ހެދީ މަހު ކުލީގެ ގޮތުގައި 7،500ރ. ދައްކާ ގޮތަށެވެ. ނަމަވެސް، ގިނަ ޝަކުވާތަކަކާއެކު އެމްޑީޕީ ސަރުކާރުން ވަނީ މެއި 2023 ގައި، މަހު ކުލި 5،300ރ. އަށް ކުޑަކޮށްފަ އެވެ.
އޭގެ ފަހުން، ހިޔާ ފުލެޓުތައް ނިންމަން ދިޔަ ހަރަދު އަނބުރާ ދިނުމަށް މުއިއްޒު ވެވަޑައިގެންނެވި ރިޔާސީ ވައުދު ފުއްދުމަށް ހިޔާގެ ކޮންމެ ފުލެޓެއްގެ ޖުމްލަ ކުލިން 200،000ރ. އުނިކުރި އެވެ. އެއާއެކު އެ ފުލެޓުތަކުގެ ކުލި ވަނީ 3،984ރ. އަށް ކުޑަވި އެވެ.
ތަފުސީލު އަންނަނީ...
ހިޔާ ފްލެޓުތަކުން ދެ އަހަރުގެ ކުލި މާފުކުރީ މަހު ކުލި 5،300ރ. އަށް ބޮޑުކޮށްފަ! ހިޔާ ފްލެޓުތަކުން ދެ އަހަރުގެ ކުލި މާފުކުރީ މަހު ކުލި 5،300ރ. އަށް ބޮޑުކޮށްފަ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ