ތައިލޭންޑްގައި ކުރިއަށްދާ 36 ވަނަ ޗަންގމާއި ސިކްސެސް މުބާރާތުގައި ވާދަކުރަމުންދާ ރާއްޖޭގެ ސީނިއާ ކުރިކެޓާސް ކުލަބް (އެސްސީސީ)އިން ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށްފިއެވެ.
މިމެޗު ރާއްޖެ ކާމިޔާބުކޮށްފައިވަނީ ލަމްފަން ނޮދާން އައިލެންޑްސް ބަލިކޮށްގެންނެވެ. އެސްސީސީއިން މިމެޗު ކާމިޔާބުކޮށްފައިވަނީ 7 ލަނޑުގެ ތަފާތަކުން ކުރި ހޯދައިގެންނެވެ.
މިމެޗުގައި ފުރަތަމަ ރާއްޖޭގެ ޓީމުން ކުޅެން އަރާ 5 އޯވަރު 2 ވިކެޓަށް 2 ކުޅުންތެރިން ނުބައިވެގެންވަނީ 80 ލަނޑު ހަދާފައެވެ. އިދިކޮޅުން ނުކުތް ލަމްފަން ނޮދާން އައިލެންޑްސްއަށް 5 އޯވަރުތެރޭ 1 ވިކެޓަށް ހެދިފައިވަނީ 73 ލަނޑެވެ.
މިމެޗުގައި ރާއްޖޭގެ ޓީމުން އެންމެ މޮޅަށް ކުޅުނީ ނުބައިނުވެ 30 ލަނޑު ހެދި މޫސާ ކަލީމްއެވެ. އޭނާވަނީ ފަސް ފަހަރު ހަތަރަކަށް އަދި އެއްފަހަރު ހަޔަކަށްޖަހާފައެވެ. ލަމްފަން ނޮދާން އައިލެންޑްސް އިން އެންމެ ރަނގަޅަށް ކުޅެފައިވަނީ ޖޯނީއެވެ. އޭނާވެސްވަނީ ނުބައިނުވެ، 30 ލަނޑު ހަދާފައެވެ.
މުބާރާތުގައި ދެން ރާއްޖޭގެ މެޗެއް އޮންނާނީ 31 ވަނަ ދުވަހުއެވެ. އެމެޗުގައި އެސްސީސީއިން ވާދަކުރާނީ ޕާރޕްލް ހެލްމެޓްސްއާ އެވެ.
36 ވަނަ ޗަންގމާއި ސިކްސެސް މުބާރާތުގެ ކުޅުން ކުރިއަށްދަނީ މިމަހުގެ 27 އިން އަންނަމަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށެވެ.
ޗަންގމާއި ސިކްސެސް މުބާރާތުގައި ރާއްޖެ ތަމްސީލުކުރަމުންދާ ޓީމުގައި ހިމެނެނީ ތަޖުރިބާކާރު ކުޅުންތެރިންކަމަށްވާ މޫސާ ކަލީމް، އަހްމަދު އަފްޒަލް ފާއިޒް، އަހްމަދު ނީޝަމް ނާސިރް، އަލީ އާޒިމް، އާރިފް ރިޒާ، އިބްރާހިމް ރިޔާޒް، މުހަންމަދު ސައީދު، ޝާހިދު މުހަންމަދުގެ އިތުރުން އަހްމަދު ކަލީމްއެވެ.
ޗަންގމާއި ސިކްސެސް މުބާރާތުގައި ވާދަކުރަމުންދާ ސީނިއާ ކުރިކެޓާސް ކުލަބުންވަނީ 2024 އަދި 2025 ވަނަ އަހަރު ތައިލޭންޑްގައި ބޭއްވި ހުއާ ހިން ސިކްސެސް ވެޓެރެންސް ޑިވިޝަނުގެ ޗެންޕިއަންކަން ހޯދާ މުބާރާތުގެ ތަށި އުފުލާލާފައެވެ.
ޗަންގމާއި ސިކްސެސް: ދެވަނަ މެޗުންވެސް ރާއްޖެއަށް މޮޅެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ