ކޯޓަށް ހާޒިރު ނުވާ މީހަކު ހޯދަން އިއުލާނުކޮށްފި

މި އަމުރާ ގުޅިގެން ހޯދަމުންދަނީ ސ. ހިތަދޫ ހަޒާރުމާގެ، މުހައްމަދު އުބާދަތު ހުސައިން ނަމަކަށް ކިޔާ އުމުރުން 29 އަހަރުގެ ފިރިހެނެކެވެ. އޭނާ ހޯދަމުން ދަނީ ކެނެބިސް ޓްރެފިކް ކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރު ނުވެގެންނެވެ.
ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއްގައި ކޯޓަށް ހާޒިރު ނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް އެމީހާ ހޯދަން ފުލުހުން އިއުލާނެއް ކޮށްފި އެވެ.
ފުލުހުން ކުރި އިއުލާނުގައި ބުނީ، ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ، ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.މި އަމުރާ ގުޅިގެން ހޯދަމުންދަނީ ސ. ހިތަދޫ ހަޒާރުމާގެ، މުހައްމަދު އުބާދަތު ހުސައިން ނަމަކަށް ކިޔާ އުމުރުން 29 އަހަރުގެ ފިރިހެނެކެވެ. އޭނާ ހޯދަމުން ދަނީ ކެނެބިސް ޓްރެފިކް ކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރު ނުވެގެންނެވެ. ފުލުހުން ބުނީ ބަންދުގައި ބަހައްޓައިގެން އޭނާ ކޯޓަށް ހާޒިރު ކުރަން ކޯޓުން އަމުރު ނެރެފައި ވަނީ މާދަމާގެ 15:30 އަށް ކަމަށެވެ. އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައިގެން ހިއްސާކުރުމަށް ވެސް ވަނީ އެދިފަ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ