ދަޅުމަސް ބަންދުކުރުމަށް މިހާރު ތަރައްޤީކުރަމުންދާ އައު ފެކްޓްރީތަކާއެކު، ރާއްޖޭގައި ބާނާ މަހުގެ 80 އިންސައްތަ ޕްރޮސެސް ކުރެވޭނެ ކެޕޭސިޓީ ޤާއިމުކުރެވޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބް ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ދަށުން ފ. ނިލަންދޫގައި 50 ޓަނުގެ މަސް ޕްރޮސެސްކުރެވޭ ފެސިލިޓީއަކާއި، ގދ. ފިޔޯރީގައި 100 ޓަނުގެ ފެކްޓްރީއެއްގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީގެ އިތުރުން ފެލިވަރުގެ މިހާރުގެ ކެޕޭސިޓީ ތިން ގުނަ އިތުރުކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.
"ފެލިވަރުގައި މިހާރު ހުރީ ދުވާލަކު 50 ޓަނުގެ މަސް ބަންދުކުރެވޭ ކެޕޭސިޓީ. 100 ޓަނު ބަންދުކުރެވޭ އައު ފެސިލިޓީއެއް ދަނީ ހަދަމުން. ނިލަންދޫގެ 50 ޓަނުގެ ފެސިލިޓީ އަދި ފިޔޯރީގެ 100 ޓަނުގެ ކެޕޭސިޓީއާއި، އަމިއްލަ ކުންފުނިތަކުގެ ކެޕޭސިޓީއާއެކު، ރާއްޖޭގައި ޕްރޮސެސް ކުރެވޭ ކެޕޭސިޓީ 300 ޓަނަށް އިތުރުކުރެވޭނެ،" ސްޓޭޓް މިނިސްޓަރު މުއްތަލިބު ވިދާޅުވިއެވެ.
މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވަމުން މުއްޠަލިބް ވިދާޅުވީ، ފެލިވަރުގެ ކޯލްޑްސްޓޯރޭޖް މަސައްކަތް ނިމި، މިހާރު ކުރިއަށްދަނީ ކޭނިން ފެކްޓްރީގެ މަސައްކަތްތައް ކަމަށެވެ. އަދި ނިލަންދޫގެ ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވާއިރު، ފިޔޯރީގެ ބިން ހިއްކުމުގެ މަސައްކަތް ފެށިގެން މިހާރު ކުރިއަށްދާކަމަށްވެސް މުއްތަލިބު ވިދާޅުވިއެވެ.
އާ ފެކްޓްރީތަކާއެކު ރާއްޖޭގައި މަސް ޕްރޮސެސްކުރެވޭ ކެޕޭސިޓީ 300 ޓަނަށް އިތުރުކުރެވޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ