ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ބޯޑަށް ބަދަލު ގެނެސްފި

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ ބޯޑަށް ބަދަލުތަކެއް ގެނެސްފި އެވެ.
ވީ ކިހިނެއް؟ - ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ބޯޑުން މެމްބަރުން ވަކިކޮށް، އަދި ބައެއް ކުންފުނިތަކަށް އާ ބޯޑު މެމްބަރުން އައްޔަންކޮށް އެކަން ޕީސީބީއިން މިއަދު ވަނީ އިއުލާންކޮށްފަ އެވެ.
ތަފްސީލު - އެގޮތުން އަލަށް އައްޔަންކުރި މެމްބަރުންނަކީ:
އެމްޓީސީސީގެ ޗެއާޕާސަން އަދި ބޯޑު ޑިރެކްޓަރަކަށް ސައާދާ އިބްރާހިމް، ދަފްތަރު ނަންބަރު ރސ 14819
އެމްއޭސީއެލްގެ ބޯޑު ޑިރެކްޓަރަކަށް އަހްމަދު ނާސިފް، ރިވާސައިޑް/ ސ. ހުޅުދޫ
އޭއައިއޭގެ ބޯޑު ޑިރެކްޓަރަކަށް ޝެރީނާ ސޯލިހު، ވެލްކަމްވިލާ/ ސ. ހިތަދޫ
ބޯޑުން ވަކިކުރީ:
ވީއެމްސީގެ ބޯޑު ޑިރެކްޓަރުގެ މަގާމުން އައިޝަތު އަލީ، މ. ވާރޭވިލާ/ މާލެ
އެމްޕީއެލްގެ ބޯޑު ޑިރެކްޓަރުގެ މަގާމުން އާމިނަތު ރައިޝަމް
ގުޅުން ހުރި - މިދިޔަ 4 އޭޕްރީލްގައި ބޭއްވި ކައުންސިލް އިންތިހާބާ އެކު، ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި ސަރުކާރުން ހުށަހެޅި ގޮތަށް ބޮޑު ނާކާމިޔާބީއެއް ލިބުނު ފަހުން ސަރުކާރުގެ އޮނިގަނޑާއި ކުންފުނިތަކުގެ އިސް މަގާމުތަކަށް އެކި ފަހަރު މަތިން ބޮޑެތި ބަދަލުތަކެއް ވަނީ ގެެނެސްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ