ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަކީ އެއްވެސް ސަރުކާރަކުން ނާޖާއިޒު ފައިދާއެއް ހޯދާފައިވާ ބޭފުޅެއް ނޫން ކަމަށް އެ ޕާޓީގެ ތަރުޖަމާނު އަލީ ސާލިހު ވިދާޅުވެއްޖެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ގާސިމް މިއަދު ބޭއްވި ބައްދަލުވުމާ ގުޅިގެން ދެކެވޭ ތަފާތު އެކި ވާހަކަތަކާ ގުޅިގެން އަލީ ވިދާޅުވީ ގާސިމަކީ އެއްވެސް ސަރުކާރަކުން، އެއްވެސް މިންވަރެއްގެ ނާޖާއިޒު ފައިދާ ހޯއްދަވާފައިވާ އަދި ހޯއްދަވާނެ ބޭފުޅެއްވެސް ނޫން ކަމަށެެވެ.
"ވެރިއަކަށް ހުންނެވި ބޭފުޅަކު، ޤާސިމް އިބްރާޙީމްގެ މުދަލަށް ގެއްލުންދީ، އެމަނިކުފާނު ޖަލަށްލެއްވުމުން، އޭގެ ބަދަލު ހޯދޭނެ." އަލީ ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުން މައްސަލައަކާ މެދު ގޮތެއް ނިންމައި، ހުކުމެއް ކުރުމުން، އެ ނިންމުމަކާ ދެކޮޅަށް "ނޫސްވެރިއަކު" ވާހަކަ ދައްކަންޖެހުނު ސަބަބަކާ މެދު ސުވާލު އުފެދޭ ކަމަށްވެސް އަލީ ވިދާޅުވި އެވެ.
ގާސިމް ވަނީ މިއަދުގެ ބައްދަލުކުރެއްވުމުގައި ދެކެވުނީ ސިޔާސީ ވާހަކަތައް ކަމަށާއި އެގޮތުން ކުރިއަށް އޮތް އިންތިހާބަށް ކޯލިޝަނެއް އޮންނާނެތޯ ނުވަތަ ނޫންތޯ މަޝްވަރާ ކުރެވުނު ކަމަށް ވިދާޅުވެފަ އެވެ. އަދި އިންތިހާބުގައި ވާދަކުރެއްވުމާ މެދު ގޮތެއް ނުނިންމަވާ ކަމަށާއި އޭނާ އަމަލުކުރައްވާނީ ޕާޓީގެ ކައުންސިލުން ނިންމާ ގޮތަކަށް ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.
މީގެއިތުރުން ގާސިމް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އޭނާގެ ރަނިން މޭޓަކަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހަމަޖައްސަން އެއްވެސް މަޝްވަރާއެއް ކުރެވިފައި ނުވާ ކަމަށްވެސް ވިދާޅުވެފަ އެވެ.
ސަރުކާރުތަކުން ގާސިމް ނާޖާއިޒު ފައިދާއެއް ނުހޯދާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ