ކިނބިދޫ ފެނަކަ އޮފީސް ހުޅުވައި، ފެނުގެ ނިޒާމްގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްފި ރައީސް ސާލިހު، މިލަދޫ ބަނދަރާއި، ފެނަކަ އިންޖީނުގެ އާއި އޮފީސް ޢިމާރާތް ހުޅުއްވައިދެއްވައިފި ‘ދަ ޑިމޮކްރެޓްސް’ އަށް ސޮއިކުރި އައްޑޫ ފެނަކަ މުވައްޒަފަކު ސަސްޕެންޑްކޮށްފި ފެނަކައ

ފެނަކައިގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި ކަރަންޓުގެ އަގުހެޔޮކުރަން ބަޖެޓުގައި ކަނޑައަޅާފައިވާ ސަބްސިޑީ ފައިސާ ކުރިޔާލާ ދެމުންދާ ކަން، ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިދިޔަ ހަފްތާގައި ފިނޭންސް މިނިސްޓްރީން އާންމުކުރި ފިސްކަލް ސްޓްރެޓަޖީ ބަޔާނުގައިވާ ގޮތުން، މި ދެ އަހަރުގެ ތެރޭގައި ކަރަންޓު އަގުހެޔޮކުރަން ދޭ ސަބްސިޑީ އަށް ބަޖެޓުކުރި ވަރަށް ވުރެ އިތުރަށް ހަރަދުތައް ވަނީ ހިނގާފައެވެ. އެ ބަޔާނުގައިވާ ގޮތުން އެ ކުންފުނީގެ ހަރަދު އިތުރުވެ، ކޭޝްފްލޯ ހަމަޖެއްސުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށް ކަރަންޓު ސަބްސިޑީ އަށް އެ ކުންފުންޏަށް ވަނީ ފައިސާ ދޫކޮށްފައެވެ.
ކަރަންޓު ސަބްސިޑީ އަށް ސަރުކާރުން ކުރާ ހަރަދު 1.2 މިލިއަން ރުފިޔާ އަށް އިތުރުވެފައިވާއިރު ފެނަކައިގައި ހަރަދުތައް ހަމަޖެއްސުމަށްޓަކައި ކެޕިޓަލްގެ ގޮތުގައި 213.3 މިލިއަން ރުފިޔާ އެ ކުންފުންޏަށް ސަރުކާރުން ދީފައިވެއެވެ.
ފެނަކަ އިން އަމިއްލަ އެކި ވިޔަފާރިތަކަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ މައްސަލަ ބޮޑުވެފައިވާއިރު އެ ކުންފުނިން ދައްކަން ޖެހޭ ފައިސާ ނުދީ ލަސްވާ މައްސަލަ އަވަސްކުރުމަށް ގޮވާލައި މިދިޔަ އޭޕްރިލް މަހުގެ ތެރޭ ވަނީ ގަރާރެއް ހުށަހަޅައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ