"އެލައިޑް ހުޅުމާލެ ރަން" އަށް ބޮޑު ތަރުހީބެއް!

އެލީޓް ރަނާސް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން މިދިޔަ ހުކުރު ދުވަހު ބޭއްވި
"އެލައިޑް ހުޅުމާލެ ރަން 2026" ގައި ގިނަ އަދަދެއްގެ ދުވުންތެރިން ބައިވެރިވެ ބޮޑު ތަރުހީބެއް ލިބުނު ކަމަށް އެލައިޑުން ބުނެފި އެވެ. 
މިއީ ދުޅަހެޔޮ ދިރިއުޅުމަކާއި ދުޅަހެޔޮ ސިއްހަތެއްގެ އިތުރުން
މުޖުތަމައުގެ އެއްބައިވަންތަކަން އާލާކުރުމުގެ މަގްސަދުގައި ބޭއްވި ފޯރިގަދަ އަދި ކުލަގަދަ ހަރަކާތެކެވެ.
މި ދުވުމުގައި އެކި
އުމުރުފުރާގެ، އެކި ފެންވަރުގެ ދުވުންތެރިންނަށް ބައިވެރިވެވޭ ގޮތަށް ތަފާތު
ކެޓަގަރީތަކެއް ހިމެނި އެވެ. އޭގެ ތެރޭގައި އެއް މޭލުގެ
ފެމިލީ ރަން، ފަސް ކިލޯމީޓަރު، 10 ކިލޯމީޓަރު، އަދި 21.1 ކިލޯމީޓަރުގެ ހާފް މެރަތަން
ހިމެނެ އެވެ.
މި ދުވުމުގެ ބައިވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، އެލައިޑް އިންޝުއަރަންސްގެ ފަރާތުން ވަނީ ދުވުމުގައި ހުރިހާ ދުވުންތެރިންނަށް ހިލޭ "ގްރޫޕް ޕާސަނަލް އެކްސިޑެންޓް ކަވަރޭޖް" ދީފަ އެވެ. މި ކަވަރޭޖްގެ ދަށުން
ދުވުން ބޭއްވި ވަގުތު ދިމާވެދާނެ އެކްސިޑެންޓަކަށް އެއްލައްކަ
ރުފިޔާއާ ހަމައަށް މާލީ ރައްކާތެރިކަން ވަނީ ދީފަ އެވެ. 
މި ހަރަކާތުގައި ވާދަވެރި ކެޓަގަރީތަކުން ފާހަގަކޮށްލެވޭ
ފަދަ މޮޅު ކާމިޔާބީތަކެއް ދުވުންތެރިން ހޯދާފައިވާއިރު، ފަސް ކިލޯމީޓަރު، 10
ކިލޯމީޓަރު އަދި 21.1 ކިލޯމީޓަރުގެ ދުވުމުން އެއްވަނަ، ދެވަނަ އަދި ތިންވަނަ
ހޮވައި އެ މީހުންގެ އަގުވަޒަންކޮށް އިނާމު ހަވާލުކޮށްފައިވެ އެވެ.
މި މުބާރާތުގެ 21.1 ކިލޯމީޓަރު ހާފް
މެރަތަންގެ ފިރިހެން ކެޓަގަރީގެ ވަނަތަކަކީ:
1 ވަނަ: މުހައްމަދު ޝިފާޒް
2 ވަނަ: ޔޫސުފް
އިބްރާހިމް
3 ވަނަ: ތިތިވަތު ކޫސަކުލް
މި މުބާރާތުގެ 21.1 ކިލޯމީޓަރު ހާފް މެރަތަންގެ އަންހެން ކެޓަގަރީގެ ވަނަތަކަކީ:
1
ވަނަ: ޕެޗަރާތު ޗްލާޑްތޯއި
2 ވަނަ: އައިޝަތު ޖިނާނީ އިބްރާހިމް
3 ވަނަ:
އައިޝަތު ރިޝްމީ
މި މުބާރާތުގެ 10 ކިލޯމީޓަރު ހާފް މެރަތަންގެ ފިރިހެން ކެޓަގަރީގެ ވަނަތަކަކީ:
1 ވަނަ: ހުސައިން ފަޒީލް
2 ވަނަ: މުހައްމަދު
އިރުފާން
3 ވަނަ: ސަތަޕޯން އައްކަތަމް
މި މުބާރާތުގެ 10 ކިލޯމީޓަރު ހާފް މެރަތަންގެ އަންހެން ކެޓަގަރީގެ ވަނަތަކަކީ:
1 ވަނަ: ކަންލަޔާ ސަންކައު
2 ވަނަ: ކަމޮންވަން
ކޮއެދްނައިމޮންގްހޮން
3 ވަނަ: އަނާން އަހުމަދު ރަޝީދު
މި މުބާރާތުގެ ފަސް ކިލޯމީޓަރު ހާފް މެރަތަންގެ ފިރިހެން ކެޓަގަރީގެ ވަނަތަކަކީ:
1 ވަނަ: އައިދު އަބްދުﷲ ރިފާއު
2 ވަނަ: މޫސާ
ފަވާޒް
3 ވަނަ: މުހައްމަދު ފަސީލް
މި މުބާރާތުގެ ފަސް ކިލޯމީޓަރު ހާފް މެރަތަންގެ އަންހެން ކެޓަގަރީގެ ވަނަތަކަކީ:
1
ވަނަ: ކްލާރާ ސަރީނާ އާސިފް
2 ވަނަ: އައިޝަތު ރިޝްމީ
3 ވަނަ: ކިއާރާ އަފްރާ
ގާސިމް
މި ދުވުމުގެ ބައިވެރިންގެ ތެރެއިން ގުރުއަތުން ހޮވުނު ނަސީބުވެރި 10 ބައިވެރިއަކަށް 2,000ރ. ގެ ފައިސާގެ އިނާމެއް ވަނީ ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ