"މިފްކޯގެ ބާވަތްތައް ހެޔޮ އަގުގައި ލިބެންހުރުމުން، ޖީބައް ލުއިވާނެ"

މިފްކޯގެ ބާވަތްތައް ހެޔޮ އަގުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުން ލިބެން ހުރުމަކީ ރައްޔިތުންނަށް މާޅީގޮތުންވެސް ލިބޭނެ ލުޔެއްކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ އައްޑޫގައި މިފްކޯގެ ފިހާރަ ހުޅުވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވީ އައްޑޫގައި މިފްކޯގެ ފިހާރައެއް ހުޅުވުމަކީ ވަރަށް ތާރީޚީކަމެއްކަަމަށެވެ. އެގޮތުން ސަރުކާރުގެ ކުންފުނިތަކުން ރައްޔިތުންނަށްދޭ ޚިދުމަތް ފުޅާކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަމަށާއި އެކަމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންގެންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިފްކޯގެ ޕްރޮޑަކްޓްސްތައް އާންމު ރައްޔިތުންނަށް ހެޔޮ އަގުގައި ލިބޭނެ މަގު ފަހިކުރުމަކީ އައްޑޫސީޓީގެ ރައްޔިތުންނަށް ވަރަށް ބޮޑައް ލުއިފަސޭހަވާނެ ކަމެއްކަމަށެވެ. މިފްކޯގެ ޕްރޮޑަކްޓްސްތަކަކީ އެތައް ޒަމާނެއްވަންދެން ރާއްޖޭގައި ބޭނުން ކުރަމުންއަންނަ އިތުބާރުހުރި ބްރޭންޑެއްކަމަށެވެ. އަދި މިއީ އިތުބާރު ހުރި ޕްރޮޑަކްޓްސްތަކެއް މާކެޓައް އެއްދުވަހުން އަނެއް ދުވަހަށް އިތުރު ކުރަމުން އަންނަ ކުންފުންޏެއްކަށް ވަޒީރު ވިދާޅުވިއެވެ.
މިފްކޯއިން ތައްޔާރުކޮށް ބާޒާރަށް ނެރޭ ޕްރޮޑަކްޓްތައް ހެޔޮ އަގުގައި ލިބުމަކީ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއްކަމަށާއި އަދި އެކި ކަންކަމުގައި މި ބާވައްތައް ބޭނުންކުރުމަކީ ޖީބައް ލުއިވެގެންދާނެކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިފްކޯއިން ތައްޔާރުކޮށް ނެރޭ ޕްރޮޑަކްޓްސްތައް ހެޔޮ އަގުގައި ލިބުމަކީ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއްކަމަށާއި އައި އެކި ކަންކަމުގައި މި ބާވައްތައް ބޭނުންކުރުމަކީ ޖީބައް ލުއިވެގެންދާނެކަމެއް. މިއީ ރައްޔިތުންނަށް ސަރުކާރުގެ ފަރާތުން އަދި މިފްކޯގެ ފަރާތުން މިކަން އިތުރަށް ފުޅާކޮށް ރައްޔިތުނާއި ގާތުން ހިދުމަތް ދިނުމަށް ލިބިގެން ދިޔުމަކީ ވަރަށް އުފާވާކަމެއް" ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވިއެވެ.
ސަރުކާރުގެ މަސް ކުންފުންޏަކީ ދައުލަތުގެ މާލިއްޔާއިން ޚަރަދުކުރާ ކުންފުންޏަކަށްވާއިރު، ރައްޔިތުންނަށް ބުރަބޮޑުވާނެހެން ރައްޔިތުންގެ ޓެކްސްފައިސާއިން އެ ކުންފުނި ހިންގުމަކީ ކުރެވިގެންވާނެ ކަމެއް ނޫންނެއެވެ. މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ސަރުކާރުގެ މަސް ކުންފުނި އޮތީ، މަސްވެރިންނަށް ފައިސާ ނުދެވި، ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހިފައެވެ. އެހެންކަމުން މަސްވެރިކަމުގެ ސިނާޢަތުގެ މައްސަލަތައް ހައްލުކުރެއްވުމަށް ސަރުކާރުން އެންމެ އިސްކަމެއް ދިނީ މިފްކޯގެ ހިންގުން ހަރުދަނާކުރުމަށެވެ. މިފްކޯއިން އަންނަނީ އަހަރަކަށްވުރެ އަހަރެއް އެކުންފުނީގެ އުފެއްދުންތަކާ ކުންފުނީގެ ކެޕޭސިޓީ އިތުރަށް ފުޅާކޮށް، ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ