މަހުލޫފް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ރާއްޖެއިން ޖަޕާނަށް ކަނޑައެޅުއްވި ސަފީރު އަހުމަދު މަހްލޫފު، ސަފީރުކަމުގެ ފަތްކޮޅު ޖަޕާނުގެ އެމްޕެރާ ނަރުހިޓޯއަށް އަރުވައިފި އެވެ.
މި ރަސްމިއްޔާތު އޮތީ އިއްޔެ ޓޯކިޔޯގެ އިމްޕީރިއަލް ޕެލަސްގަ އެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވެވި ބައްދަލުވުމުގައި އެމްޕެރާ ނަރުހީޓޯ ވަނީ މަހުލޫފަށް މަރުޙަބާ ވިދާޅުވެ ކާމިޔާބަށް އެދިވަޑައިގެންފަ އެވެ.
މި ރަސްމިއްޔާތުގައި މަހުލޫފު ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
ރާއްޖެއިން ޖަޕާނަށް ކަނޑައަޅާ ސަފީރު ކަމަށް މަހުލޫފު އައްޔަން ކުރައްވާ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު އެރުވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ