މަގުމަތިން ހުއްޓުވި ދެމީހެއްގެ އަތުން ގިނަ އަދަދެއްގެ ބަނގުރާ ފެނިއްޖެ

ބަނގުރާ ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ ދެ ފިރިހެނުންނެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އެމްޑީ ބިލާލް މިއާ (34އ) އާއި، އެމްޑީ ޓެންވާ ރަޙްމާން އެންޓޯ (20އ) އެެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފެރީޓާމިނަލް ކައިރިންނެވެ.
މި ދެމީހުން ހައްޔަރުކޮށްފައިވަނީ އިއްޔެ ހުޅުމާލެ ފޭސް 1 ގެ ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު، އެ މީހުންނާ މެދު ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރުމުގެ ތެރޭގައެވެ. ފުލުހުން އެމީހުން ގެންގުޅުނު ދަބަސްތައް ބަލައިފާސްކުރިއިރު، ޖުމްލަ 22 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ