މެދުމިނަށް ވުރެ މަތިން އާމްދަނީ ލިބޭ ގައުމުތަކުގެ ދަރަޖައަށް ލަންކާ އަލުން ބަދަލުކޮށްފި

ސްރީ ލަންކާއަށް 2022 ވަނަ އަހަރު ކުރިމަތިވި އިގްތިސާދު ބަނގުރޫޓުވުމުގެ ކާރިސާއަށް ފަހު ހޯދަމުންދާ ކުރިއެރުންތަކާ އެކު، ވޯލްޑް ބޭންކުން އެ ގައުމުގެ އިގްތިސާދީ ދަރަޖަ "އަޕަ-މިޑްލް-އިންކަމް" ނުވަތަ މެދުމިންވަރަށްވުރެ މަތިން އާމްދަނީ ލިބޭ ގައުމެއްގެ ގޮތުގައި އަލުން ކަނޑައަޅައިފި އެވެ.
މި މަހުގެ 1 ގައި ވޯލްޑް ބޭންކުގެ ޑިވެލޮޕްމަންޓް ޑޭޓާ ގްރޫޕުން އާންމުކުރި 218 ގައުމެއްގެ އަހަރީ ލިސްޓުގައި، ލަންކާ ވަނީ ކުރިން އޮތް "ލޯވަ-މިޑްލް-އިންކަމް" ގްރޫޕުން މަތީ ގްރޫޕަށް ޕްރޮމޯޓްވެފަ އެވެ. މި އަހަރު މި ދަރަޖައަށް ކުރިއަށް ޖެހިލި ފަސް ގައުމުގެ ތެރޭގައި ލަންކާގެ އިތުރުން ހިމެނެނީ ފިލިޕީންސް، ވިއެޓްނާމް، ޖޯޑަން އަދި މައިކްރޮނޭޝިޔާ އެވެ. ލަންކާއަކީ ދެކުނު އޭޝިއާ ސަރަހައްދުން މި ދަރަޖައިގައި ހިމެނޭ މަދު ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ.
ކުރިއެރުމުގެ މައިގަނޑު ސަބަބުތައް:
ވޯލްޑް ބޭންކުން ބުނި ގޮތުގައި މި ނިންމުން ނިންމާފައިވަނީ މިދިޔަ އަހަރު ލަންކާގެ އިގްތިސާދަށް އައި ހެޔޮ ބަދަލުތަކަށް ބަލައިފަ އެވެ. އޭގެ ތެރޭގައި:
މިއީ ސްރީ ލަންކާއަށް މި ދަރަޖަ ލިބުނު ދެވަނަ ފަހަރެވެ. މީގެ ކުރިން 2019 ވަނަ އަހަރުވެސް ލަންކާ މި ގްރޫޕްގައި ހިމެނެނެވެ. ނަމަވެސް، އީސްޓާ ސަންޑޭ ހަމަލާތަކާއި، ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން 2020 ވަނަ އަހަރު އަނެއްކާވެސް ދަރަޖަ ދަށަށް ދިޔައީ އެވެ. އޭގެ ފަހުން 2022 ގައި އެ ގައުމުން ބޭރު ފައިސާ ހުސްވެ، ދަރަނި ނުދެއްކިގެން ބަނގުރޫޓުވި އެވެ. މިހާރު މި ލިބުނު ކުރިއެރުމަކީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާ ގުޅިގެން، ވޭތުވެދިޔަ ތިން އަހަރު ކުރި މަސައްކަތުގެ ނަތީޖާ އެވެ.
ވޯލްޑް ބޭންކުން ވަނީ ލަންކާގެ އިގްތިސާދު ރަނގަޅުވަމުން އައީ ނަމަވެސް ބައެއް ކަންބޮޑުވުންތައް ހުރިކަން ފާހަގަކޮށްފަ އެވެ. ގައުމުގެ ދަރަނި އަދިވެސް ވަރަށް މަތީގައި ހުރުން މީގެ ތެރޭގައި ހިމެނެ އެވެ. ބޮލަކަށް ޖެހޭ އާމްދަނީއަކީ މުޅި ގައުމުގެ އެވްރެޖް ނިސްބަތް ކަމަށް ވާއިރު، މިއީ ހުރިހާ ރައްޔިތުންގެ ތަނަވަސްކަން ޖުމްލަ ގޮތެއްގައި އިތުރުވުން ނޫންކަމާއި ތަކެތީގެ އަގުބޮޑުވުމުގެ ސަބަބުން އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދުތައް އަދިވެސް ހުރީ މަތީގައިކަން ފާހަގަކޮށްފައިވެ އެވެ.
ވޯލްޑް ބޭންކުން ވަނީ މިހާރު ލިބިފައިވާ "އަޕަ-މިޑްލް-އިންކަމް" ދަރަޖައިގައި ދެމިއޮތުމަށްޓަކައި، ޓެކްސްގެ ނިޒާމް ހަރުދަނާކުރުމާއި، ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ އިސްލާހީ ފިޔަވަޅުތައް ކުރިއަށް އޮތް ތަނުގައި ވެސް ދަމަހައްޓަން ހިފަހައްޓަން ލަފާ ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ