ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ރައީސް މުހައްމަދު ނަޝީދު، އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެކުގައި ބޭއްވި ސިޔާސީ ބައްދަލުވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ މުސްތަޝާރު އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ، މީގެ ކުރިން މި ތިން ބޭފުޅުން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ކުރެއްވި ބޮޑެތި ތުހުމަތުތަކާއި ހިނގާދިޔަ ހާދިސާތައް ހަނދާންކޮށްދެއްވައި، މިއަދު އެ ހުރިހާ ކަމެއް “އޯކޭ” ވެއްޖެ ކަމަށް ވިދާޅުވެ މަލާމާތް ކުރައްވާފައެވެ.
އަބްދުއްރަހޯމްގެ ޕޯސްޓުގައި، މި ތިން ރައީސުންގެ ވެރިކަމުގައި ހިނގާދިޔަ އަދި އެއް ބޭފުޅަކު އަނެއް ބޭފުޅެއްގެ ބޮލުގައި އެޅުވި ބޮޑެތި ހިޔާނާތްތަކާއި ޖަރީމާތައް ލިސްޓު ކުރައްވާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
ރޭ، ކުރީގެ ތިން ރައީސުން އެކުގައި ބޭއްވި މި ބައްދަލުވުމަކީ، މިހާރުގެ ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅަމުންދާ ކަމަށް ބުނެ، އެކަމާ ދެކޮޅަށް މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.
މި ތިން ލީޑަރުންނަކީ ސިޔާސީ ގޮތުން މީގެ ކުރިން ވަރަށް ބޮޑަށް ދެކޮޅުވެރި، އަދި އެއް ބޭފުޅަކު އަނެއް ބޭފުޅެއްގެ ވެރިކަމުގައި ޖަލަށްވެސް ލެވުނު ބޭފުޅުންނެވެ. ނަމަވެސް، ޕީއެންއެފް އިން އިސްނަގައިގެން ބޭއްވި މި ބައްދަލުވުމުގައި ތިން ބޭފުޅުން ވިދާޅުވީ ގައުމުގެ ހައްގުގައި ސިޔާސީ ހިޔާލުތަފާތުވުންތައް އެއްކިބާކޮށްފައިވާ ކަމަށެވެ.
ރައީސް ޔާމީނާއި ދެމެދު އުފެދުނީ ސިޔާސީ ގުޅުމެއް: އަބްދުއްރަހީމް މެންބަރުންގެ ވާޖިބު ފުރިހަމައަށް އަދާކުރުމަށް ރައީސް ސޯލިހް ގޮވާލައްވައިފި މަޖިލީހުގެ ރައީސްކަމަށް އަބްދުއްރަޙީމް އަބްދުﷲ އިންތިހާބުކޮށްފި އަދުރޭގެ ނުސީދާ މެސެޖެއް މަގުބޫލު ލިޔުންތައް ފޭދޫ ސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ