ޕެނަލްޓީގައި ކަނުހުރާ ބަލިކޮށް މެރީޑިއަން ފައިނަލަށް

ޓެކާސް ދިރާގު ރިސޯޓު ކަޕުގެ ޅަވިޔަނި ޒޯނުގެ ފައިނަލަށް މުބާރާތް ބާއްވާ މެރީޑިއަން ދަތުރުކޮށްފިއެވެ. ޖުމްލަ ހަތަރު ޓީމާއެކު ކުރިއަށްދާ ޅަވިޔަނި ޒޯނުގެ ފައިނަލަށް މެރީޑިއަން ދަތުރުކުރީ އިއްޔެ ކުޅުނު ސެމީ ފައިނަލުގައި ސިކްސް ސެންސަސް ކަނުހުރާ އާއި ވާދަކޮށް ޕެނަލްޓީގައި 4-3 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ނިމުނުއިރު ދެ ޓީމު އޮތީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އެގޮތުން މެރީޑިއަންގެ ލަނޑު މުޙައްމަދު ނިޝާން ޖެހިއިރު، ކަނުހުރާގެ ލަނޑު ޖެހީ އިބްރާހީމް އަޙްމަދެވެ. ޕެނަލްޓީގައި ކަނުހުރާގެ ޕެނަލްޓީތައް ކާމިޔާބުކުރީ މާހިދު އަލީ، އަބްދުލް ވާހިދު ޔައުގޫބު، މުޙައްމަދު މަހުދީ، އިބްރާހިމް އަޙްމަދު އަދި ހުސެއިން ސާމިން އަބްދުލް ވައްހާބެވެ. މެރީޑިއަންގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ އަހްމަދު ސުހެއިލް، މުޙައްމަދު ނިޝާން، ޝާމިލް އަބްދުﷲ، އިބްރާހީމް ރަޝީދު އަދި އަކްބަރު އަލީއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މެރީޑިއަންގެ އަލީ ނިޝާދު ވަހީދެވެ. ޅަވިޔަނި ޒޯނުގެ ފައިނަލުގައި މެރީޑިއަން އާއި ވާދަކުރާނީ ކޮކޫން މޯލްޑިވްސް އެވެ. އެ ޓީމު ވަނީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އެއް މެޗު އެއްވަރުކޮށް ތާވަލުގެ އެއްވަނަ ހޯދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ