ގއ. ވިލިނގިލީގައި އެންޓަނާއަކަށް ހޮނުއަޅައި ޖެހިގެން ހުރި ގެއަށް ގެއްލުންވި މައްސަލަ ހޫނުވެއްޖެ ގއ. ވިލިނގިލީގައި އެންޓަނާއަކަށް ހޮނުއަޅައި ޖެހިގެން ހުރި ގެއަށް ގެއްލުންވި މައްސަލަ ހޫނުވެއްޖެ

ގއ. ވިލިނގިލީގައި ހުންނަ އުރީދޫގެ އެންޓަނާއަކަށް ހޮނުއަޅައި، ޖެހިގެން ހުރި ގެއަށް ގެއްލުންތަކެެއް ލިބުނު މައްސަލަ މިއަދު ހޫނުވެއްޖެ އެވެ.
ހޮނު އެޅުމުން ގެއްލުން ލިބުނު ގޭގެ ވެރިފަރާތް، އަތީފު ހަމީދު އަދަދު އަށް މައުލޫމާތު ދެމުން ބުނީ މިއަދު ހެނދުނުގެ ވަގުތެއްގައި ހިނގި މި ހާދިސާގައި މުޅި ގެއިން ކަރަންޓު ގޮސް، ގޭގައި ހުރި ހުރިހާ ސާމާނެއް ހަލާކުވެފައިވާ ކަމަށެވެ.
"ހެނދުނުއްސުރެން ކަނުއަނދިރީގައި އުޅެމުން މިދަނީ. އަޅުގަނޑުގެ ދެ ދަރިން މިހާރު ވެސް އެބަތިބި ކަނުއަނދިރީގައި. ކަރަންޓެއް ނެތް،"
މި މައްސަލަ ހޫނުވީ އެންޓަނާ މަރާމާތުކުރަން އުރީދޫގެ ޓެކްނީޝަނުން ދިޔުމުންނެވެ. އެ ތަނުން އަތީފު އާއި އާއިލާއިން ވަނީ ލިބުނު ގެއްލުމުގެ ބަަދަލު ނުދީ މަސައްކަތް ނުކުރެވޭނެ ކަމަށް ބުނެ އެ މީހުންނަށް ހުރަސްއަޅާފަ އެވެ.
އަތީފު ބުނީ މިހެން ކަން ކުރީ އޭނާއަށް ލިބުނު ގެއްލުމުގެ ޒިންމާ އުރީދޫއިން ނަގަން ޖެހޭ ކަމަށް ގަބޫލުކުރާތީ ކަމަށެވެ. އަދި މަސައްކަތް ކުރަން ދީފި ނަމަ ޓެކްނީޝަން ފުރައިގެން ދާނީ ކަމަށާއި އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލެއް އެހާ ހިސާބުން ނުލިބޭނެ ކަމަށެވެ.
އުރީދޫގެ އެންޓަނާގެ މަސައްކަތް ކުރަން އައި މީހުންނަށް އެ މަސައްކަތް ކުރަން ފަހިކޮށްދޭން މެދުވެރިވީ ފުލުހުންނެވެ. އެ ތަނުން ފުލުހުން އަތީފު އާއި އޭނާގެ ކޮއްކޮއަކު ފުުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އެ މީހުން މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމެއް ސާފެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ