ހިޔާލު ތަފާތުވާނަމަ ޕީޕީއެމްގެ ރައީސް ކަމުން މައުމޫން އިސްތުފާ ދެއްވަން ޖެހޭ: ތަސްމީން

ޕީޕީއެމްގެ ނިންމުމާއި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ހިޔާލު ތަފާތުވެ ވަޑައިގަންނަވާނަމަ މަގާމުން އިސްތިއުފާދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް އަހުމަދު ތަސްމީނު އަލީ ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން އުފެއްދެވި ޑީއާރްޕީގެ ލީޑަރުކަން ކުރެއްވުމަށްފަހު މިހާރު އެމްޑީޕީގައި ހުންނެވި ތަސްމީނު ޓްވީޓް ކުރައްވާ މިހެން ވިދާޅުވެފައި ވަނީ އެއް ބިލިއަން ޑޮލަރުގެ އިންވެސްޓް ކުރާ ބޭރު މީހުންނަށް ރާއްޖެއިން ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީ ބަދަލު ކުރުމަށް ފާސް ކުރި އިސްލާހާ މެދު ރައީސް މައުމޫޏް ކަންބޮޑު ވަޑައިގެން އެ އިސްލާހު ތަސްދީގު ކުރެއްވުމުގެކުރިން ރައްޔިތުންގެ ހިޔާލު ހޯއްދެއްވުމަށް ރައީސް އަބްދުﷲ ޔާމީނަށް އިލްތިމާސް ކުރައްވާފައި ވަނިކޮށެވެ.
ތަސްމީން ވިދާޅުވެފައި ވަނީ "ބިން ވިއްކުން ފަދަ ހައްސާސް މައްސަލައެއްގައި ޕާޓީގެ ނިންމުމާއި ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ހިޔާލު ތަފާތު ނަމަ ޕާޓީގެ ރައީސް ކަމުން އިސްތިއުފާ ދެއްވަންޖެހޭ" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ