ދެވަނަ ބުރުގައި ޔާމީން ވޯޓު ލައްވާނެ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވޯޓު ލެއްވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓު ލައްވަން ޔާމީން ރަޖިސްޓްރީ ކުރައްވާފައެއް ނުވެ އެވެ.
ޖަމީލު ވިދާޅުވީ ޔާމީން އުއްމީދު ކުރެއްވީ ފުރަތަމަ ބުރުގައި ވެސް ވޯޓްލެއްވުމުގެ ފުރުޞަތު ފަހިވާނެ ކަމަށް ކަމަށާއި އެ އިންތިޒާމު ހަމަނުޖެހުމުން ކުރިން ވޯޓު ނުލެވުނު ނަމަވެސް، ދެވަނަ ބުރުގައި ވޯޓްލުމުގެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
ރައީސް ޔާމީނުގެ ފަރާތުން ގައުމީ ދުވަހުގެ ހެޔޮއެދުމާ ތަހްނިޔާ ދިވެހި އެންމެހާ ރައްޔިތުންނަށް.ރ. ޔާމީން އުއްމީދުކުރެއްވީ ފުރަތަމަ ބުރުގަވެސް ވޯޓްލެއްވުމުގެ ފުރުޞަތު ފަހިވާނެކަމަށް. އެއިންތިޒާމް ހަމަ ނުޖެހުމުން ކުރިން ވޯޓު ނުލެވުނު ނަމަވެސް، ދެވަނަ ބުރުގެ… pic.twitter.com/ksqCEiVxKy
— Mohamed Jameel Ahmed (@MJameelAhmed) September 16, 2023
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓް ހޯއްދެވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެވެ. މުއިއްޒަށް ވަނީ 101،635 ވޯޓް ލިބިވަޑައިގެންފަ އެވެ. ދެވަނަ އަށް އެންމެ ގިނަ ވޯޓް ހޯއްދެވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 86،161 ވޯޓެވެ.
އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ މި މަހުގެ 30 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ