މާލޭން ޅ. ނައިފަރަށް ދަތުރުކުރަމުން ދިޔަ މުދާ އުފުލާ ބޯޓެއް ދިޔަވެ، އޭގައި ތިބި ހަތަރު މީހަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށައިފި އެވެ.
ތަފްސީލް - އެމްއެންޑީއެފް އިން ބުނި ގޮތުގައި އެއީ 'ނަސްރު' ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެކެވެ.
އެ ބޯޓުގައި ތިބި ފަސް މީހުން ކޯސްޓްގާޑްގެ އުޅަނދަށް ނަގާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ފަސް މީހުންގެ ތެރެއިން ހަތަރު މީހަކު ވަނީ އަނިޔާވެފައި ހުރުމުން ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
އެއިން އެކަކުގެ ހާލަތު ކްރިޓިކް ނުވަތަ ގޯސް ކަމަށް މައުލޫމާތު ލިބެ އެވެ.
އެ ބޯޓު މިހާރު އަޑިއަށް ގޮސްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
މުދާ އުފުލާ ބޯޓެއް އަޑިއަށް ހިނގައްޖެ، 4 މީހަކު ހޮސްޕިޓަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ