އަހުރެންނަށް ކުރެވެން އޮތް ކަމަކީ ވިސްނައިދޭން މަސައްކަތްކުރުމެވެ. އެ ގަދަފަދަ ޢަޛާބުން ސަލާމަތްވުން އޮތީ އެމީހެއްގެ އަތްމަތީގައެވެ.
"--ދެން ފެނިވަޑައިގަތީ އަލިފާން އަނދައަނދައި ހުންނަ އުނދުނެއް ފަދަ ތަނެކެވެ. އެތަން ހުންނަނީ ތިރިއަށް ފުޅައުކޮށް މައްޗަށް ހިމަކޮށެވެ. ތިރިން އަލިފާންގަނޑު އަނދައިގަތުމުން އެމީހުން މައްޗަށް އަރައި ނުކުމެވެން ދާދި ގާތްވެފައި ހުއްޓައި އަނެއްކާވެސް ތިރިއަށް ވެއްޓެއެވެ. ވެއްޓޭއިރަށް ހުޅުގަނޑު ބޮޑުވެގެންދެއެވެ. މައްޗަށް އަރައެވެ. އަނެއްކާވެސް ވެއްޓެނީއެވެ. އެކަން ދިއައީ ތަކުރާރުވަމުންނެވެ. އެތަނުގައި ތިބީ ބަރަހަނާ ޙާލުގައި ތިބި އަންހެނުންނާއި ފިރިހެނުންނެވެ..." ހަދޘް
އަލިފާނުން އަނދަނީ ކޮންބައެއްކަން ބަޔާންކޮށްދެއްވަމުން މަލާއިކަތުން ދެންނެވިއެވެ. "އަލިފާނުގެ އުނދުނުގައި އަނދަމުން އެދަނީ ޒިނޭކޮށް ފާހިޝް އަމަލުތައްކޮށް އުޅުނު މީހާއެވެ. ޤިޔާމަތްވުމާއި ހަމައަށް ކައްވަޅުގައި އެމީހާއަށް ދާނީ އެފަދައިން ޢަޛާބު ލިބެމުންނެވެ."
މިއީ ރަސޫލް ﷺ އަށް ހުވަފެންފުޅުގައި ފެނިވަޑައިގެންނެވިކަން ޙަދީޘްފުޅުން ސާބިތުވާ ކަމެކެވެ.
ދެން ނިކަން ބުނެބަލާށެވެ. މިއެނދުމުން ތިބާ ސަލާމަތްވާނެ ހެއްޔެވެ؟ ސަލާމަތްވާނީ ކިތައް މީހުން ހެއްޔެވެ؟
މީސްތަކުންނޭވެ! ބިރުވެތިވާށެވެ! މިއީ ނަރަކައިގައި އެމީހުންނަށް ލިބޭ ޢަޒާބެއް ނޫނެވެ. އެވާހަކަ އެހެން ދަރުސެއްގައި ގެނެސްދޭނަމެވެ. އިން ޝާ ﷲ މިއީ ކައްވަޅުގައި ލިބޭނެ އަޒާބެވެ. ބަރުޒަޚުގެ ޢާލަމުގައި އެމީހުން ދެމިތިބޭނީ މި ގަދަފަދަ ޢަޛާބުގައެވެ.
މީސްތަކުންނޭވެ! ޒިނޭކުރުމާއި ފާހިޝް ޢަމަލުތައް ކުރުން ގިނަވެ ޢާންމުވަމުން ގޮސް މިއަދު މިވަނީ މިކަންކަމަކީ ފާފައެއް ކަމުގައި ވެސް އެތައް ބައަކު ޤަބޫލު ނުކުރާހާލަތުގައެވެ. މީސްތަކުން ޖާހިލުވެ ވިސްނުން ބަދަލުވެދާނެއެވެ. ނަމަވެސް ﷲ ތަޢާލާގެ ނިންމެވުންތަކަށް އެއްވެސް ބަދަލެއް ނުއަންނާނެއެވެ. ޤަބޫލު ނުކުރި ނަމަވެސް އެމީހަކު ކުރި ފާފަފައަކަށް މަރުވުމުން ލިބެން ޖެހޭ ޢަޛާބު ދާނީ ލިބެމުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
މަރުވުމަށްފަހު ޤިޔާމަތާ ޖެހެންދެން އަލިފާނުން ޢަޛާބު ދެއްވަވާނެ ފާފަ- އެންމެ ގިނަ މީހުން ބިރެއްނެތި ކުރަމުން ގެންދާ ފާފަ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ