މުލަކުގައި ވަށާޖެހޭ ގޮތެއްގައި މަސްވެރިކަން ފުޅާކުރުމަށް ގިނަ މަޝްރޫއުތަކެއް! މީދޫ މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދިނުމަށް މަސައްކަތްކުރާނެކަމަށް މިނިސްޓަރު ވިދާޅުވެއްޖެ މާދަމާއިން ފެށިގެން މަސްވެރިންނަށް ލޯނަށް އެދި ހުށަހެޅޭނެ މަސްވެރިކަމ

މި ކަނދުފަތި އަޅާފައިވަނީ 0°41.100’އެން އަދި 72°42.400’އީ ގައެވެ. މަސްވެރިކަން ތަރައްގީކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން ގެންދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަނދުފަތިތައް ގާއިމްކޮށް، މަސްވެރިންނަށް އެ ސިނާއަތުން ނަފާ ހޯދޭނެ ގޮތްތައް މަގުފަހިކޮށްދެމުންނެވެ. މިގޮތުން އައްޑޫގައި ގާއިމްކުރެވުނު މި އާ ކަނދުފައްޗަކީ މި ސަރަހައްދުގެ މަސްވެރިކަން އިތުރަށް ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މީގެ އިތުރުން، ކަނދުފަތީގެ ވިއުގަ އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އާ ފަރުމާއަކަށް ކަނދުފަތިތައް ބަދަލުކުރުމުގެ މަޝްރޫއެއް ވެސް މިނިސްޓްރީން ވަނީ ފަށާފައެވެ. އަދި ރާއްޖޭގައި ކަނދުފަތި އުފެއްދުމަށްޓަކައި ސެންޓަރުތަކެއް ގާއިމްކުރުމަށް ނިންމައި، އޭގެ ތެރެއިން ފުރަތަމަ ސެންޓަރު ށ. ފުނަދޫގައި ހެދުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ