އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އުމަރު ނަސީރު އެމަނިކުފާނުގެ ކެނޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފިއެވެ.
އިންތިޚާބުގައި ވާދަކުރެއްވުމަށް އުމަރުގެ ކެނޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
އަމިއްލަ ގޮތުން ވާދަކުރުމަށް ބޭނުންވާ 1500 މީހުންގެ ސޮއިގެ އިތުރުން 500 އަށްވުރެ ގިނަ ސޮއި ހަމަކޮށް އުމަރުގެ ކެނޑިޑެސީ ފޯމް. މިއަދު ހުށަހަޅާފައިވާއިރު، އެމަނިކުފާނުގެ ރަނިންމޭޓެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ މުހައްމަދު ސަލީމް (މާޒް ސަލީމް) އެވެ.
އުމަރު އަންނަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭން ހަރަކާތްތައްވެސް ބާރަށް ކުރިއަށް ގެންދަމުންނެވެ. އެގޮތުން މާލޭގައި ދޮރުން ދޮރަށް ހިންގަވައި އެމަނިކުފާނަށް ތާއީދު ހޯއްދެވުމުގެ މަސައްކަތްތައް ދަނީ ކުރައްވަމުންނެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު މިއަދު ހަމަވާއިރު، އިންތިހާބުގައި ވާދަކުރައްވާ ގިނަ ފަރާތްތަކެއް މިއަދު ވަނީ އީސީއަށް ފޯމު ހުށަހަޅުއްވާފައެވެ.
އުމަރު ނަސީރު ކެންޑިޑެސީ ހުށަހަޅުއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ