މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ކޮންޓްރޯލް ޑްރަގެއް ކަމަށްވާ ބުޕްރެނޯފިން ވިއްކާ މައްސަލަ ނެޝަނަލް ޑްރަގު އެޖެންސީ (އެންޑީއޭ) ސަމާލުކަމަށް އައިސްފި އެވެ.
ބުޕްރެނޯފިންއަކީ އޮޕިއޮއިޑް ސަބްސްޓިޓިއުޝަން ތެރަޕީ ޕްރޮގްރާމުގެ ދަށުން ދޭ މަނާ ބޭހެކެވެ. އެ ބޭސް މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ދެނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްގެންނެވެ.
އެންޑީއޭގެ ޗެއާޕާސަން ލުބުނާ ޒާހިރު އެކްސް ގައި ވިދާޅުވީ މަގުމަތީ ބާޒާރުގައި ބުޕްރެމޯފިންގެ 10 ގުޅަ ހިމެނޭ ކާޑެއް 2،000ރ. އަށް ވިއްކަމުންދާ ކަމަށެވެ.
އެ ބޭސް މަގުމަތީ ބާޒާރުގައި ވިއްކާ ކަމުގެ މައުލޫމާތު ދިނީ އެ ބޭސް ބޭނުންކުރި މީހުން ކަމަށާއި އެ ބޭސް ވިއްކަމުންދަނީ ގާނޫނަށް ހިލާފަށް ކަމަށް ލުބުނާ ވިދާޅުވި އެވެ.
އެކަން އެންޑީއޭގެ ސަމާލުކަމަށް އައުމާ ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކެއް ލުބުނާ ހާމަކޮށްފައި ނުވެ އެވެ.
ބުޕްރެނޯފިން ބޭހުން މަސްތުވާތަކެތި ބޭނުންކުރާ މީހާގެ ސިކު ކޮންމެވެސް ވަރަކަށް ފިލަ އެވެ. ނަމަވެސް އެ ބޭސް ޑޮކްޓަރުގެ އިރުޝާދާ ނުލައި ބޭނުންކުރުމުން ހިތާމަވެރި ހާދިސާތަކާ ވެސް ކުރިމަތިލާން ޖެހުމުގެ ފުރުސަތު ބޮޑެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ކޮންޓްރޯލް ޑްރަގެއް ވިއްކާ މައްސަލައެއް އެންޑީއޭގެ ސަމާލުކަމަށް މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ކޮންޓްރޯލް ޑްރަގެއް ވިއްކާ މައްސަލައެއް އެންޑީއޭގެ ސަމާލުކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ