ސްރީ ލަންކާގެ ތައުލީމީ އިދާރާތަކުގެ މިންގަނޑާ ހިލާފަށް މަތީ ތައުލީމު ދޭ ކޯސްތަކެއް ހިންގާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެހެންވެ، އެ ގައުމުގައި ކިޔަވަން ފެށުމުގެ ކުރިން އެކަމަށް ސަމާލުވުމަށް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ން މިއަދު އިލްތިމާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - އެމްކިއުއޭން ކުރި އިއުލާނެއްގައި ބުނީ، ލަންކާގެ ބައެއް މަރުކަޒުތަކުން މި ކޯސްތައް ހިންގަނީ، އެ ގައުމުގެ ޓާޝަރީ އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ކޮމިޝަނުން ހުއްދަ ދޭ މިންގަނޑާ ހިލާފަށް ކަމަށެވެ. އަދި، ހަޔާ ޑިޕްލޮމާއިން މަތީގެ މި ފަދަ ޕްރޮގްރާމްތައް އެހެން ގައުމުތަކާ ގުޅިގެން ހިންގާކަން ވެސް ފާހަގަ ކުރެވިފައިވާ ކަމަށް އިއުލާނުގައި ބުންޏެވެ.
ތަފްސީލް - އެކަމަކު މި ފަދަ ކޯސްތައް ހިންގުމަށް ހުއްދަ ދީފައި ނުވާ ކަމަށާއި އެހެންވެ، އެ ކޯސްތަކުގެ ސެޓްފިކެޓް އެމްކިއުއޭއިން ގަބޫލު ނުކުރާނެކަމަށް އެތަނުން ބުންޏެވެ. އޭގެ ބަދަލުގައި އެތަނުން އެދުނީ، ލަންކާއަށް ދަރިވަރުން ކިޔަވަން ދިޔުމުގެ ކުރިން އެމްކިޔުއޭއިން ދޫކުރާ "އިންޓެންޑެޑް" ލިޔުން ހޯދުމަށެވެ.
އެމްކިއުއޭން ބުނި ގޮތުގައި:
ލަންކާގެ ޓާޝަރީ އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ކޮމިޝަނުން ހުއްދަ ދެނީ، ހަޔާ ޑިޕްލޮމާ އިން ދަށުގެ ޓާޝަރީ ޕްރޮގްރާމްތަކަށް
ޑިގްރީއަށް ވުރެ މަތީ ޕްރޮގްރާމްތަކަށް ހުއްދަ ދެނީ، ލަންކާގެ ޔުނިވަސިޓީ ގްރާންޓްސް ކޮމިޝަނާއި އެޑިއުކޭޝަން މިނިސްޓްރީ އާއި ހަޔާ އެޑިއުކޭޝަން އެންޑް ވޮކޭޝަނަލް އެޑިއުކޭޝަނުން ކަމަށް
އެހެންވެ، ލަންކާގައި ކިޔަވަން ފެށުމުގެ ކުރިން އެކަންކަން ޔަގީން ކުރުމަށް އެމްކިއުއޭން އެދިފައިވެ އެވެ.
ލަންކާގައި ގަވައިދާ ހިލާފު ކޯސްތަކެއް؛ ސަމާލުވާން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ