އަވަހަށް ނިދަން އާދަކުރަންވީ ހަމައެކަނި ދެމަފިރިންގެ އުފަލަކަށް ނޫން! ދުޅަހެޔޮ ޞިއްޙަތަކަށާ ކުރަންޖެހޭ މަސައްކަތްކުރުން ފަސޭހަކުރަންވެސް ކުރަންޖެހޭ ކަމެއް!

އަވަހަށް ނިދުމުގެ ވާހަކަ ދެއްކީމާ ގިނަ ބައަކަށް ވިސްނެނީ އެކަމުން ފައިދާކުރާނީ ދެމަފިރިންގެ ގުޅުމަށް އެކަނި ކަމަށެވެ. އެއްވެސް ޝައްކެއް ނެތެވެ. ދެމަފިރިންގެ ގުޅުންތައް ބަދަހިކުރަންވެސް އެއީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެހެންކަމާއިއެކުވެސް މިވަޤުތު ބަލައިލަން މިއުޅެނީ އަވަހަށް ނިދުމުން ކުރާ އިތުރު ބޮޑެތި ފައިދާތަކަށެވެ.
ރަނގަޅު ޞިއްޙަތަކަށް އެދޭ މީހާ އާއި ދުވާލުގެ މަސައްކަތް ފުރިހަމައަށްކޮށް ތަނަވަސްކަން އިތުރުކުރަން ބޭނުންވާ މީހާ އަވަހަށް ނިދަންޖެހޭނެކަމަށް ޑޮކްޓަރުން ބުނާކަން އެއީ އިސްލާމް ދީނަށް ލިބިގެންދާ ވަރަށް ބޮޑު ނަޞަރެކެވެ.
މިގޮތުންބަލާއިރު ޢިޝާ ނަމާދުގެ ކުރިން ނުނިދުމާއި ޢިޝާ ނަމާދަށްފަހު ވީއެންމެ އަވަހަކަށް ނިދުމަކީ އިސްލާމް ދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވަވާފައިވާ ކަމެކެވެ. މަތިވެރި ސުންނަތެކެވެ. ކޮންމެހެން ކުރަންޖެހޭ ކަމެއް ކުރަން ނޫނީ ޢިޝާ ނަމާދަށްފަހު ހޭލާހުރުމެއް ނެތެވެ.
މިސުންނަތަށް މިއަދުގެ ސައިންސްވެރިންނާއި ޑޮކްޓަރުންވެސް ތާއީދުކުރެއެވެ. އެމީހުންވެސް އެކަން ޤަބޫލުކުރެއެވެ. "އަވަހަށް ނިދާފައި ހޭލުމަކީ ޞިއްހަތަށް ފައިދާކުރާ، ތަނަވަސްކަން އިތުރުވާ، އަދި ސިކުނޑި ތަނަވަސްވާ" ކަމެއް ކަމަށް ބުނެވެނީ މި ސުންނަތަށް އަމަލުކުރުމުން ލިބޭ ފައިދާތައް ގިނަކަމުންނެވެ.
"ތަނަވަސްކަން އިތުރުވާ" ސަބަބެއް ކަމަށް ބުނަން މިޖެހެނީ ރަނގަޅަށް ނިދިލިބިފައިވާނަމަ އެމީހަކު ދުވާލުކުރަންޖެހޭ މަސައްކަތް ފުރިހަމަ ގޮތުގައި ކުރެވޭނެތީއެވެ. ވަރުބަލިވުން ކުޑަވާނެތީއެވެ. މަސައްކަތް ފުރިހަމައަށް ކުރެވުމުން ލިބޭ އާމްދަނީ އިތުރުވާނެތީއެވެ.
މި ޢިބާރާތް އެންމެ ފުރިހަމަވާނީ "އަވަހަށް ނިދާފައި ހޭލުމަކީ ޞިއްހަތަށް ފައިދާކުރާ، ތަނަވަސްކަން އިތުރުވާ، އަދި ސިކުނޑި ތަނަވަސްވާ، އިޖުތިމާޢީ ގުޅުން ބަދަހިވެ ދިރިއުޅުން އުފާވެރިވާ، އަދި ތަޤްވާވެރިކަން އިތުރުވާ" ވެސް އިބާރާތުގައި އޮތުމުންކަމަށް ޢިލްމްވެރިން ބަޔާން ކުރައްވައެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ