މާލޭގައި މާރާމާރީ ހިންގައި މީހަކު ޒަހަމްކޮށްލައިފި

މާލޭގެ ކެފޭއެއްގެ ތެރޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ޒަހަމުކޮށްލައިފި އެވެ.ފުލުހުން ބުނީ، މިއަދު ހަވީރު ހިނގި މާރާމާރީގައި އަނިޔާވީ އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ މި މާރާމާރީ ހިނގަން މެދުވެރި ސަބަބެއް ފުލުހުން އަދި ނުބުނެ އެވެ.ނަމަވެސް، އެނގިފައިވާ ގޮތުގައި މާރާމާރީ ހިންގީ ދެ ގުރޫޕެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިންނެވެ.އޭނާއަށް އައިޖީއެމް ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.އެ މައްްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ