ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދޭން ގޮވާލައި ޒުވާނުން ކުރަމުން އަންނަ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރުކުރި ދެ މީހުން މިރޭ ދޫކޮށްލައިފި އެވެ.
ވީ ކިހިނެއް؟ - ޔުމްނު، 21،ގެ މައްސަލާގައި ފުލުހުން އަމަލުކުރާ ގޮތާ މެދު ހިތްހަމަނުޖެހިގެން 'ދުލެއް ނުކުރާނަން' ނަމުގައި ކުރަމުން އަންނަ މުޒާހަރާއިން އައިޝަތު ޝިމަން އަހުމަދާއި އަބްދުﷲ މަހްޒޫމް މާޖިދު ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެ އެވެ. އެ ދެ މީހުންގެ ބަންދަށް ތިން ދުވަސް ޖަހާފައިވަނީ އިއްޔެ އެވެ.
ތަފްސީލް - އެ މީހުން ދޫކޮށްލީ މިރޭގެ ވަގުތެއްގަ އެވެ. ބަންދުން ދޫކޮށްލުމާ އެކު މިރޭ ކުރަމުން އަންނަ މުޒާހަރާގައި ވެސް އެ ދެ މީހުން އެބަ ބައިވެރިވެ އެވެ.
ބަންދަން ތިން ދުވަސް ޖަހާފައިވަނިކޮށް ކުއްލިއަކަށް ބަންދުން ދޫކޮށްލި ސަބަބެއް ފުލުހުން ނުބުނެ އެވެ. އެ ދެ މީހުން ދޫކޮށްލާފައި މިވަނީ ސުލްހަވެރި މުޒާހަރާއެއްގެ ތެެރެއިން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް އެ ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ބުނެ ފާޑުކިއުން އަމާޒުވެފައި ވަނިކޮށެވެ.
ޒުވާނުންގެ މުޒާހަރާއިން ހައްޔަރުކުރި 2 މީހުން ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ