ތެލަސީމިއާ ސެންޓަރު ހުޅުމާލެއަށް ބަދަލު ކުރުމުގެ މަސައްކަތް އަވަސް ކުރުމަށް ސިފައިންނާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަސައްކަތް ނިންމައި ހެލްތު މިނިސްޓްރީއާ މިއަދު ހަވާލުކޮށްފި އެވެ.
ވީ ކިހިނެއް؟ - އެމްއެންޑީއެފުން ބުނީ އެ މަސައްކަތަކީ ސިފައިިންގެ އެންމެ މަތީ ވެރިޔާ، ރައީސް މުހައްމަދު މުއިއްޒު ގައުމީ ހާއްސަ މަސައްކަތެއްގެ ގޮތުގައި ސިފައިންނާ ހަވާލުކުރެއްވި މަސައްކަތެއް ކަމަށެވެ.
ތަފްސީލް - ތެލަސީމިއާ ސެންޓަރު ހުޅުމާލޭ އޮރެންޖު ހިޔާއަށް ބަދަލުކުރުމަށް ފެށި މަސައްކަތް ނިންމައި މިއަދު ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފައިވާއިރު، މިއަދު ފާހަގަކުރަމުން އަންނަ ތެލަސީމިއާ ދުވަސް ފާހަގަކުރުމަށް ސިފައިން ވަނީ ތެލަސީމިއާ ސެންޓަރަށް ލޭ ހަދިޔާކޮށްފަ އެވެ.
އެއެންޑީއެފްގެ ސާވިސް ކޯގެ ބެލުމުގެ ދަށުން އޮރެންޖު ހިޔާގެ މަސައްކަތް ނިންމާލިއިރު، އެެ ތަނަށް ތެލަސީމިއާ ސެންޓަރު ބަދަލު ކުރީ މާލޭގައި ހުންނަ ސެންޓަރުގެ ހާލަތު ގޯސްވެ، ބޭނުން ނުކުރެވޭ ވަރުވުމުންނެވެ.
ތެލަސީމިއާ ސެންޓަރު ހުޅުމާލޭ 'އޮރެންޖު ހިޔާ'އަށް ބަދަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ