މަރުކަޒީ ބޭންކް، އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަގާމަށް އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި ހުންނެވި އައިޝަތު އަސްނާ ހަމްދު ހަމަޖައްސަން މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
ވީ ކިހިނެއް؟ - އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު އިމާދު ވަކިކުރުމުގެ މަސައްކަތް މަޖިލީހުން ފެށުމާ އެކު، އޭނާ އަމިއްލައަށް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އެ މަގާމަށް އަސްނާ އައްޔަންކުރަން ރައީސް ނަން ފޮނުއްވީ މިދިޔަ މަހު ފަހުކޮޅު އެވެ. އަދި އެ މައްސަލަ ދިރާސާ ކުރި މާލިއްޔަތު ކޮމިޓީން އަސްނާއަށް ރުހުން ދިނުމަށް މިދިޔަ ހަފްތާގައި އޮތީ ފާސްކޮށްފަ އެވެ.
ތަފްސީލު - މިއަދުގެ މަޖިލިސް ޖަލްސާގައި ކޮމިޓީގެ ރިޕޯޓު ތަޅުމަށް ހުށަހެޅުމުން، އަސްނާ އެ މަގާމަށް އައްޔަން ކުރަން ރުހުން ލިބުނީ 73 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ނުދެއްވަ އެވެ.
އަސްނާ މިވަގުތު ހުންނެވީ މާލީ އިދާރާ ކުރިއެރުވުމާ ގުޅޭ އެމްއެމްއޭގެ ޑިޕާޓްމަންޓުގެ ވެރިޔާގެ ގޮތުގަ އެވެ. އެގޮތުން:
އެމްއެމްއޭގެ ގަވަރުނަރުކަމާ އަހުމަދު މުނައްވަރު ހަވާލުވެވަޑައިގަތުމަށް ފަހު އެ ބޭންކުގެ ޑިޕާޓްމަންޓުތަކުގެ ވެރިންނަކީ މެނޭޖިން ޑިރެކްޓަރުންގެ ގޮތުގައި ވަނީ ހަމަޖައްސާފައި
އަސްނާ ވެސް އެ މަގާމަށް ހަމަޖެއްސެވީ މުނައްވަރު ވަޑައިގެން މިދިޔަ ނޮވެމްބަރު މަހު ގެންނެވި ބަދަލުތަކުގެ ތެރެއިން
އަސްނާ އެމްއެމްއޭގައި ހިދުމަތް ކުރައްވާތާ 15 ވަރަކަށް އަހަރު ވަނީ ވެފަ އެވެ.
ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އަސްނާއަށް ރުހުން ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ