މުޢާޛްގެފާނުގެ އަތްޕުޅުގައި ހިއްޕަވައިގެން ހުންނަވައި ރަސޫލް ޞޢޥ ޙަދީޘްފުޅު ކުރެއްވެވި ދުޢާ- ގިނަގިނައިން ނުކޮށްވާކަށް ނެތް!: ޝައިޚް އަބޫބަކުރު ޒައުދު

މިދުޢާއަކީ އާދައިގެ ދުޢާއެއް ނޫނެވެ. ކޮންމެ ނަމާދެއްގެ ފަހުގައި ކުރެއްވެވުމަށް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ މުޢާޛްގެފާނުގެ އަތްޕުޅުގައި ހިއްޕަވައިގެން ހުންނަވައިގެން ވަޞިއްޔަތް ކުރައްވަވާފައިވާ ދުޢާއެކެވެ. އެހެންވެ އަހުރެމެންވެސް ކޮންމެ ނަމާދެއްގެ ފަހުގައި މިދުޢާކުރަމެވެ.  
اللهم أعني على ذكرك وشكرك وحسن عبادتك 
މިދުޢާގައި އެދި މިދަންނަވަނީ ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމުގެ ކުޅަދާނަކަމާއި ޝުކުރުވެރިވުމުގެ ކުޅަދާނަކަން ދެއްވެވުމަށެވެ. އަދި ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް އަޅުކަންކުރުމުގެ ތައުފީޤް ދެއްވެވުމަށެވެ.  
އަހުރެން ބުނާނީ މިދުޢާއަކީ އެއަށްވުރެ މާގިނައިން ކުރަންޖެހިފައިވާ ދުޢާއެއް ކަމަށެވެ. މިދުޢާގައި ހިމެނޭ 3 ކަންތަކާއި ދުރުހެލިވެވެމުންދާތީއެވެ. އަދި އެ 3 ކަންތަކާއި ނުލައި އަހުރެމެންނަށް ދީނުގައި ޘާބިތުވެ ތިބެވެން ނެތީމައެވެ.  
وعن معاذ رضي الله عنه أن رسول الله صلى الله عليه وسلم أخذ بيده وقال‏:‏ ‏"‏يا معاذ والله إني لأحبك‏"‏ فقال‏:‏ ‏"‏أوصيك يا معاذ لا تدعن في دبر كل صلاة تقول‏:‏ اللهم أعني على ذكرك، وشكرك، وحسن عبادتك‏"‏‏.‏ رواه أبو داود بإسناد صحيح‏. 
Mu'adh (May Allah be pleased with him) reported:
The Messenger of Allah (ﷺ) took hold of my hand and said, "O Mu'adh! By Allah I love you, so I advise you to never forget to recite after every prayer: "Allahumma a'inni ala dhikrika, wa shukrika, wa husni 'ibadatika (O Allah, help me remember You, to be grateful to You, and to worship You in an excellent manner)." [Abu Dawud].
 
 
- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ