ފަނޑިޔާރުން ވަކިކުރާ ބިލުގެ ވޯޓުގައި ޕީއެންސީގެ 11 މެންބަރުން ބައިވެރިނުވޭ، ފިޔަވަޅު އަޅަނީ
ސުޕްރީމް ކޯޓުގައި ތިއްބަވާ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ބިލު ބަލައިގަތުމާ މެދު މިއަދު ނެގި ވޯޓުގައި ބައިވެރިވެވަޑައިނުގެން ޕީއެންސީގެ 11 މެންބަރަކާ މެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުން މިއަދު ދީފިއެވެ. ސުޕްރީމް ކޯޓުން ދެ ފަނޑިޔާރުން ވަކިކުރާ ގޮތަށް ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅި ބިލު މިއަދު ވަނީ މަޖިލީހަށް ބަލައިގެންފައެވެ. އެ ބިލު ބަލައިގަތުމާ މެދު ތަޅުމުގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގަތީ 76 މެންބަރުންނެވެ. އޭގެ ތެރެއިން 64 މެންބަރުންގެ ވޯޓާ އެކު ބިލު ބަލައިގެންއިރު ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅަށް ނިސްބަތްވާ 12 މެންބަރުންނެވެ. އެ ވޯޓުގައި ޕީއެންސީއަށް ނިސްބަތްވާ 11 މެންބަރުން ބައިވެރިވަޑައިނުގަންނަވައެވެ. އިތުރު ތަފުސީލު އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ