ދ. އަތޮޅަށް ކުރެއްވި ދަތުރަށް ފަހު ރައީސް މުއިއްޒު މާލެ ވަޑައިގެންފި ދ. އަތޮޅަށް ކުރެއްވި ދަތުރަށް ފަހު ރައީސް މުއިއްޒު މާލެ ވަޑައިގެންފި

ދ. އަތޮޅަށް ކުރެއްވި ތިން ދުވަހުގެ ރަސްމީ ދަތުރަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އެނބުރި މާލެ ވަޑައިގެންފި އެވެ.
މި ދަތުރުގައި އެމަނިކުފާނު ވަނީ އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން އެ ރަށްތަކުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވާފަ އެވެ.
ރައީސް އޮފީހުން ބުނީ މި ދަތުރުގައި ރައީސް މުއިއްޒު ރައްޔިތުންނާ ބައްދަލުކުރައްވާ ކަންބޮޑުވުންތައް އަޑުއެއްސެވި ކަމަށާއި ރައްޔިތުން އެދޭ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން މުހިންމު ނިންމެވުންތަކެއް ނިންމަވާފައި ކަމަށެވެ.
މިއީ "ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންގެ ހާލަތުބެއްލެވުމަށް، މި ހިނގާ ރިޔާސީ ދައުރުގެ ތެރޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ދެ ފަހަރު ޒިޔާރަތް ކުރެއްވުމަށް ކުރައްވާ ސިލްސިލާ ދަތުރު" ގެ ތެރެއިން ބައެއް ކަމަށް ސަރުކާރުން ބުނެ އެވެ.
ރައީސް އެނބުރި މާލެ ވަޑައިގެންފައިވާއިރު، މިއަދު ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓަކާ ގުޅިގެން ވެރިކަންކުރާ ޕީއެންސީގެ ބައެއް މެންބަރުންނާމެދު ފިޔަވަޅު އަޅަން ވަނީ ނިންމާފަ އެވެ.
ވޯޓުގައި ބައިވެރި ނުވި މެންބަރުންނާމެދު ހިތްހަމަނުޖެހުން ފާޅުކުރައްވާ ރައީސް ވަނީ އެ ޕާޓީގެ ޕީޖީ ގްރޫޕުގެ ވަޓްސްއެޕް ގްރޫޕަށް މެސެޖު ވެސް ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ