ފުރަތަމަދުވަހުން ފެށިގެން ދެމިހުންނާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށާއި ދާއިރާގެ ރައްޔިތުންނަށް ވަފާތެރި އިޚްލާސްތެރި މެންބަރެއްގެ ގޮތުގައި ކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ވޯޓަށް އެހި ވަގުތު މަޖިލީހުގައި އޭނާ ހާޒިރުވެ ނެތުމާއި ގުޅިގެން ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެންނެވެ. މިއަދުގެ ވޯޓްގައި ޕީއެންސީގެ 11 މެންބަރަކު ބައިވެރިނުވެ އެވެ.
އިބްރާހިމް ވިދާޅުވީ މިއަދު މަޖިލީހުގެ ޖަލްސާގައި އޭނާއަށް ބައިވެރި ނުވެވުނީ ރަސްމީ ދަތުރެއްގައި ރަށުން ބޭރުގައި އުޅުމުގެ ސަބަބުން ކަމަށެވެ. އަދި އޭނާގެ ވެސް ނަންވެސް ހިމަނައިގެން މިއަދުގެ ވޯޓާ ގުޅުވައި ބައެއް މީޑިއާތަކުން ފަތުރަމުންދަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވި އެވެ.
Advertisement
"އަޅުގަނޑު އެންމެ ފުރަތަމަދުވަހުން ފެށިގެން ދެމިހުންނާނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއަށާއި ދާއިރާގެ ރައްޔިތުންނަށް ވަފާތެރި އިޚްލާސްތެރި މެންބަރެއްގެ ގޮތުގައި,"
އިބްރާހިމް ވިދާޅުވީ އޭނާ ހުރީ ސަރުކާރަށް އެއްބާރުލުންދީ ރައްޔިތުންނަށް ތަނަވަސްކަމާއި އުފާ ފާގަތިކަން ހޯދައިދިނުމަށް ފިސާރި ގަދަކޮށް ކަމަށެވެ.
މާލޭގައި ތިބެ މިއަދުގެ ވޯޓަށް މަޖިލީހަށް ހާޒިރުނުވީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރްޒޫގާއި އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ނަސީރެވެ. އެ މައްސަލާގައި އަޒާނަށް ވަނީ ފިޔަވަޅު އަޅާފަ އެވެ.
އިހްލާސްތެރިކަމާއެކު މި ހުރީ ރައީސަށް ވަފާތެރި މެންބަރެއްގެ ގޮތުގައި: އިއްބެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ