ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ސިޔާސީ ޕާޓީތަކަށް ގެއްލުވައިލެވޭ ގޮތަށް ގާނޫނޫއަަސާސީ ބަދަލުކުރި މައްސަލަ ސުޕްރީމް ކޯޓުގައި ބަލަމުން ދަނިކޮށް, އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލުވާލެވޭނެ ކަމަށް ނެރެދޭން އެދުނު ވަގުތީ އަމުރުގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފި އެވެ.
މި މައްސަލައިގައި ވަގުތީ އަމުރެއް ނެރެދޭން ހުށަހެޅުއްވީ ގާނޫނު އަސާސީ ބަދަލުކުރި މަަައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން އެވެ. އޭނާ އެދިވަޑައިގަތީ, ކޯޓުން މައްސަލަ ބަލައި ނިމެންދެން މެންބަރަކު މަގާމުން ވަކިކުރުމުގެ އެއްވެސް އިޖުރާއަތެއް ނުހިންގުމަށް ދައުލަތުގެ ހުރިހާ އިދާރާތަކެއްގެ މައްޗަށް އަމުރުކޮށްދެއްވުމަށެވެ.
ސުޕްރީމް ކޯޓުގައި އެ މައްސަލައިގެ އަޑުއެހުން ތާވަލުކުރީ މާދަމާގެ މެންދުރު 11:00 އަށެވެ.
މި މައްސަލައިގައި އެންމެ ފުރަތަމަ ބޭއްވި އަޑުއެހުމުގައި ސުޕްރީމް ކޯޓުގެ ބެންޗުން ވަނީ އެ ކޯޓަށް މައްސަލަ ބެލޭނެ ކަމަށް ނިންމާފަ އެވެ. އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން މިހެން ނިންމީ އިޖުރާއީ ގޮތުން މި މައްސަލަ ބެލުމުގެ އިހުތިސާސް ލިބިގެން ނުވާ ކަމަށް ބުނެ މައްސަލަ ބޭރުކޮށްލަން ދައުލަތުން އެދިފައި ވަނިކޮށެވެ.
މައްސަލަ ބެލޭނެ ކަމަށް ނިންމުމަށް ފަހު, ދައުލަތުގެ އެދިގެން ދައުވާއަށް ޖަވާބުދާރީވާން 10 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފަ އެވެ.
އެ ދުވަހު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ހުށަހެޅުއްވި އަލީ ހުސެއިންގެ ވަކީލު މަހްފޫޒް ސައީދު ވިދާޅުވީ ގޮނޑި ގެއްލުވައިލުމުގެ ބާރު ޕާޓީތަކަށް ލިބޭ ގޮތަށް ގެނައި އިސްލާޙު އަސާސީއާ ހިލާފުވުމުގެ އިތުރުން އެއީ ރިޔާސީ ނިޒާމުގެ ސިފައެއް ވެސް ނޫން ކަމަށެވެ.
އެ މައްސަލައިގައި ބުނެފައި ވަނީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި ބަދަލު، ގާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާގެ ދަށުން ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ދިވެހިރައްޔިތުންގެ ކިބައިގައި ދެމި އޮތުމުގެ އަސާސާއި، ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތީން ދިވެހި ދައުލަތުގެއެންމެހައި ބާރުތައް ހިންގަންވާނޭކަމަށް ގާނޫނުއަސާސީގެ އަށް ވަނަ މާއްދާގައި އޮންނަ އަސާސާ ހިލާފު ކަމަށެވެ.
ގޮނޑި ގެއްލޭ މައްސަލައިގައި ނެރެދޭން އެދުނު ވަގުތީ އަމުރުގެ އަޑުއެހުމެއް މާދަމާ ގޮނޑި ގެއްލޭ މައްސަލައިގައި ނެރެދޭން އެދުނު ވަގުތީ އަމުރުގެ އަޑުއެހުމެއް މާދަމާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ