ބީއެމްއެލްގެ އޭޓީއެމް ހިދުމަތް ދ. އަތޮޅުގެ ހުރިހާ ރަށެއްގައި ގާއިމުކޮށްފި ބީއެމްއެލްގެ އޭޓީއެމް ހިދުމަތް ދ. އަތޮޅުގެ ހުރިހާ ރަށެއްގައި ގާއިމުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދ. އަތޮޅުގެ ހުރިހާ ރަށެއްގައި ސެލްފް ސާވިސް އޭޓީއެމްގެ ހިދުމަތް މިއަދު ގާއިމުކޮށް ނިންމައިފި އެވެ.
ބީއެމްއެލްގެ އޭޓީއެމް ހިދުމަތް މިއަދު ގާއިމުކުރީ ދ. ހުޅުދެލީގެ އިތުރުން ދ. ރިނބުދޫގަ އެވެ. އެ ދެ އޭޓީއެމްގެ ހިދުމަތް ވެސް ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފް ވަނީ ވަކިވަކިން އޮންނަ ރަށްތަކެއްގެ މައްޗަށް އެކުލެވޭ އަތޮޅުތަކުގެ ތެރެއިން ދ. އަތޮޅަކީ މިހާރު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް އޭޓީއެމް ގާއިމްކުރެވިފައިވާ ހަމައެކަނި އަތޮޅުކަން ފާހަގަކުރައްވާފަ އެވެ.
"މިއީ ބޭންކަށާއި ދ. އަތޮޅުގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް އުފާވެރި އަދި މުހިންމު ކާމިޔާބީއެއް، އަދި އަޅުގަނޑުމެން ފަހުރުވެރިވާ ކަމެއް،" އޭނާ ވިދާޅުވި އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާ އެކު 20 އަތޮޅުގައި 39 ބްރާންޗް، 100 ސެލްފްސާވިސް ބޭންކިން ސެންޓަރު، 157 އޭޓީއެމް އަދި އޭޖެންޓު ބޭންކިން ހިދުމަތް ވަނީ ގާއިމުކޮށްފަ އެވެ.
މީގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ބީއެމްއެލް އިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އީޖާދީ ބޭންކިން ހައްލުތަކެއް ގާއިމުކޮށް މުޖުތަމައު ބާރުވެރި ކުރުމަށް ކަމަށް އެ ބޭންކުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ