ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީން މިރޭ އަލުން ފާސްކޮށްފި އެވެ.
މިރޭ ކޮމެޓީ އަލުން އެއްވެފައި ވަނީ މިއަދު ހަވީރު އޮތް ބައްދަލްވުމުގައި ބިލް އޮތްގޮތަށް ފާސްކުރުމަށް ފަހު އެވެ. ހަވީރުގެ ބައްދަލްވުން ބޭއްވީ ވެސް މަޖިލީހަށް ބިލް ބަލައިގެން ކޮމެޓީއަށް ފޮނުވިތާ ދެތީން ގަޑިއިރުގެ ތެރޭގަ އެވެ.
ކޮމެޓީ ބައްދަލްވުމުގައި ޕީއެންސީގެ ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމްއާ އެމްޑީޕީގެ ދެ މެންބަރުން ވޯޓް ނުދެއްވި ނަމަވެސް ބިލް އޮތް ގޮތަށް ފާސްކުރީ ދެން ތިއްބެވި ޕީއެންސީގެ ހުރިހާ މެންބަރުންގެ ވޯޓާ އެކު އެވެ.
Advertisement
ބިލް ފާަސްކޮށްފައި ވަނިކޮށް މިރޭ 10:15 އަށް އަލުން ކޮމެޓީ ބައްދަލްވުމެއް އެޖެންޑާކޮށް ބައްދަލުވުން ބޭއްވީ މި ބިލާމެދު މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ލަފާ ދެއްވުމުންނެވެ. އެކަމަނާގެ ލަފާ އައީ ކޮމެޓީގެ ނިންމުމާއި ދެކޮޅަށެވެ.
ގާނޫނުގައިވާ ގޮތް ސާފުކޮށް ބަޔާންކޮށް ދެއްވަމުން ފިލްޒާ ވިދާޅުވީ ފަނޑިޔާރަކު މަގާމުން ވަކިކުރުމުގެ މަރުހަލާ ފެށެނީ ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެެއް ޖޭއެސްސީއަށް ހުށަހެޅިގެން ނުވަތަ އެފަދަ ޝަކުވާއެއް ނުވަތަ ތުހުމަތެއް ޖޭއެސްސީއަށް ހިސާބަށް އައުމުން ކަމަށެވެ. މިވަގުތު އެފަދަ ހާލަތެއް ނެތް ކަން ވެސް ފާހަގަ ކުރެއްވި އެވެ.
މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ
އެ ލަފާއަށް ފަހު އަލުން ކޮމެޓީން ނިންމީ ވޯޓަށް އަހާށެވެ. ފުރަތަމަ ވޯޓަށް އެހީ ބިލް އޮތްގޮތަށް ފާސްކުރަން ފެނޭތޯ އެވެ. ކޮމެޓީ މެންބަރުންގެ އިއްތިފާގުވީ ދެވަަނަ ފަހަރަށް ވެސް ބިލް ފާސްކުރުމަށެވެ.
ޕްރީމްކޯޓުގެ ބެންޗު އެކުލެވިގެންވަނީ 7 މެމްބަރުންގެ މައްޗަށެވެ. ސްޕްރީމްކޯޓުގެ ބެންޗް ބަދަލުކުރަން ސަރުކާރުން ހުށަހެޅި މި ބިލް ހުށަހެޅީ މީގެ ކުރިން ސްޕްރީމް ކޯޓުގެ ބެންޗު އޮތްގޮތަށް ބޭއްވުމެވެ.
ބިލްގެ އިބްތިދާއީ ބަހުސްގައި އެމްޑީޕީގެ މެންބަރުން ވިދާޅުވީ މިއީ ޝަރުއީ ދާއިރާއަށް ވަކިން ހާއްސަކޮށް ސުޕްރީމް ކޯޓުގައި މިވަގުތު ހިނގަމުންދާ ދުސްތޫރީ މައްސަލައަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކެއް ކަމަށެވެ. ނަމަވެސް ވެރިކަން ކުރާ ޕީއެންސީގެ މެންބަރުން ވިދާޅުވީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން މަސައްކަތް ނުކުރާ ކަމަށެވެ.
ސްޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުމަށް ޤާނޫނު އަސާސީއަށް ގެނައި އިސްލާހާއެކު 2014 ވަނަ އަހަރު ވަނީ އެ ކޯޓްގެ ބެންޗު ފަހަކަށް ބަދަލުކޮށްފައެވެ. އޭގެފަހުން ސްޕްރީމްކޯޓުގައި ތިބޭ ފަނޑިޔާރުންގެ އަދަދު އިތުރުކޮށްފައިވަނީ ރައްޔިތުން މަޖިލީހުގެ މިދިޔަ ދައުރުގެ ތެރޭގައެވެ.
އަދި އޭރު ތިބި ހުރިހާ ފަނޑިޔާރުން ވަކިކޮށް އާ ފަނޑިޔާރުން ވަނީ އައްޔަނު ކޮށްފަ އެވެ.
މަތީކޯޓްގެ ފަނޑިޔާރުން މަދުކުރުން: ބިލު ދެވަނަ ފަހަރަށް ފާސްކޮށްފި، ފިލްޒާ ދެކޮޅު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ