ވީބީ މާޓުން ކުރިއަށް ގެންދިޔަ ޕްރިންގަލްސް ސްކްރެޗް އެންޑް ވިން ޕްރޮމޯޝަންގެ ތިން ނަސީބުވެރިންނާ މިއަދު އިނާމު ހަވާލުކޮށްފި އެވެ.
މިދިޔަ ޑިސެމްބަރު 31، ގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ޕްރޮމޯޝަންގެ އެންމެ އަގުހުރި އިނާމު ކަމަށްވާ ދެ މީހަކަށް އުމްރާ ދަތުރު ލިބުނީ 7985584 ނަންބަރުގެ ވެރި ފަރާތަށެވެ.
ޕްރޮމޯޝަންގެ ދެވަނައަށް ގޮސްގެން އައިފޯން 16 ޕްރޯ މެކްސްއެއް ލިބުނީ 9699303 ނަންބަރުގެ ވެރި ފަރާތަށް ލިބުނުއިރު، ތިންވަނައަށް ގޮސްގެން ޕްލޭސްޓޭޝަން 5 އެއް ލިބުނީ 7733516 ނަންބަރުގެ ވެރި ފަރާތަށެވެ.
ޕްރިންގަލްސް ޕްރޮމޯޝަން ކުރިއަށް ގެންދިޔަ މުއްދަތުގައި ހަފްތާއަކު ގުރުއަތުން ހޮވާލެވޭ ފަރާތަކަށް ވީބީން ވަނީ 5،000ރ. ގެ ފައިސާގެ އިނާމެއް ދިނުމުގެ އިތުރުން ކޮންމެ ދުވަހަކު ނަސީބުވެރިޔަކަށް ހާއްސަ އިނާމެއް ވެސް ދީފަ އެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ކުރަމުން އަންނަ ޕްރިންގަލްސް ރާއްޖެ އެތެރެކޮށް މާކެޓް ކުރަނީ ވީބީ ބްރަދާސް އިންނެވެ.
މާލޭގައި ވީބީގެ ދެ ފިހާރަ ހުރެ އެވެ. އަދި ހުޅުމާލޭ ފިތުރޯނު މަގުގައި ހުންނަ އޯޝަން ފްރޮންޓް ރެސިޑެންސްގެ ގްރައުންޑު ފްލޯގައި ވީބީގެ އާ މާޓެއް ދާދި ފަހުން ވަނީ ހުޅުވާފަ އެވެ.
އޭގެ އިތުރުން ވީބީގެ ހޯލްސޭލް ފިހާރަ މާލެ އާއި ހުޅުމާލޭގައި ވެސް ހުރެ އެވެ.
ޕްރިންގަލްސް ޕްރޮމޯޝަންގެ އަގުހުރި ތިން އިނާމު ލިބުނު ނަސީބުވެރިންނާ އިނާމު ހަވާލުކޮށްފި ޕްރިންގަލްސް ޕްރޮމޯޝަންގެ އަގުހުރި ތިން އިނާމު ލިބުނު ނަސީބުވެރިންނާ އިނާމު ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ