ނޮވެމްބަރު 3 ގައި ޝަހީދުވި ސިފައިންގެ އާއިލާ މެންބަރުންނަށް 9،000ރ. ގެ އިނާޔަތެއް

ޑިފެންސް މިނިސްޓްރީން މިއަދު ވަނީ ނޮވެމްބަރު ތިނެއްގައި ޝަހީދުވި ސިފައިންގެ އާއިލާތަކަށް އިނާޔަތް ދޭނެ އުސޫލު އާއްމުކޮށްފަ އެވެ.
ތަމަޅަ ޓައިގަތުންގެ ބަޔަކާ ދިވެހިންގެ ބަޔަކު ގުޅިގެން ނޮވެމްބަރު، 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ޝަހީދުވި ސިފައިންގެ އާއިލާގެ ކޮންމެ މީހަކަށް 9،000ރ. ގެ އިނާޔަތެއް ދޭން ނިންމައިިފި އެވެ. 
ޑިފެންސް މިނިސްޓްރީން މިއަދު ވަނީ ނޮވެމްބަރު ތިނެއްގައި ޝަހީދުވި ސިފައިންގެ އާއިލާތަކަށް އިނާޔަތް ދޭނެ އުސޫލު އާއްމުކޮށްފަ އެވެ. އެ އުސޫލުގައިވާ ގޮތުން ނޮވެމްބަރު 3 ގައި ޝަހީދުވި ސިފައިންގެ އާއިލާގެ މެމްބަރުންގެ ތެރެއިން މައިންބަފައިންނާއި ދަރިން އަދި ހުވަފަތް އަނބިން ކުރެ ކޮންމެ މީހަކަށް މަހަކު 9،000ރ. ގެ އިނާޔަތެއް ދޭނެ އެވެ.
މި އުސޫލުގައިވާ ގޮތުން އަމިއްލަ ފުރާނަ އަށް ބެލުމެއް ނެތި ދެއްކި ހިތްވަރަށްޓަކައި ހުރަވީ ރަން މެޑަލް ލިބިފައިވާ މީހުންނަށް މަހަކު 9،000ރ. ގެ އިނާޔަތެއް ދޭނެ އެވެ. އަދި ހުރަވީ ރިހި މެޑަލް ލިބިފައިވާ މީހުންނަށް މަހަކު 8،000ރ. ގެ އިނާޔަތެއް ލިބޭނެ އެވެ. މީގެ އިތުރުން ހިތްވަރު ގަދަކަމުގެ ކުލަ ލިބިފައިވާ މީހުންނަށް މަހަކު 6،000ރ. ގެ އިނާޔަތެއް ދޭނެ އެވެ.އުސޫލުގައިވާ ގޮތުން މި އިނާޔަތް ލިބޭ މީހަކު ނިޔާވެއްޖެ ނަމަ އެ އިނާޔަތް ދިނުން ނިމުމަކަށް އަންނާނެ އެވެ.ނޮވެމްބަރު 3 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ސިފައިންގެ އަށް ބޭކަލުން ޝަހީދުވި އެވެ. އަދި އާންމުން ހިމެނޭހެން 19 ދިވެހިން ޝަހީދުވި އެވެ. ޝަހީދުވި ސިފައިންގެ އާއިލާތަކަށް ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ސަރުކާރުން އިނާޔަތެއް ދިނެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ