ފުލެޓްތައް އަތުލައިގަތުމަކީ ހިންގާ ޖަރީމާއެއް: ޝާހިދު

ޙައްގުވެރިންގެ ފުލެޓްތައް އަތުލައިގަތުމަކީ ގާނޫނީ އިމުން ބޭރުން ހިންގާ ޖަރީމާއެއްކަމަށް އެމްޑިޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ. 
ޝާހިދު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ " ގާނޫނު އަސާސީގެ 40 ވަނަ މާއްދާގެ ށ ގައި ބަޔާންކޮށްފައި ވަނީ މީސްމީހުންގެ މުދަލަކީ ނިގުޅައި ގަނެވޭނޭ އެއްޗެއް ނޫން" ކަމަށެވެ.  މީހެއްގެ މުދާ ނަގަން ލާޒިމު ކުރާ ހާލަތެއްގައި ކޯޓުގެ ހުކުމަކުން އަދުލުވެރި ބަދަލެއް ދިނުމަށްފަހުގައި މެނުވީ މީހެއްގެ މުދަލެއް. ނުނެގޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. 
އެމްޑީޕީގެ ރައީސް ޝާހިދު ވިދާޅުވި ގޮތުގައި ހަތަރު ހާސް ފުލެޓްގެ ޙައްގުވެރިން އެމްޑީޕީ ސަރުކާރުން ކަނޑައަޅައިފައިވެއެވެ. " ގަދަބާރުން ލިސްޓަށް ބަދަލުގެނެސް ފުލެޓުގެ ޙައްގުވެރިންގެ ފުލެޓްތައް އަތުލައިގަތުމަކީ ގާނޫނީ އިމުން ބޭރުން ހިންގާ ޖަރީމާއެއް" ކަމަށް ވިދާޅުވަމުން އެ މަނިކުފާނު ވިދާޅުވީ " އެތައް އާއިލާއެއް މަގުމަތިކޮށްފި" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ