އައްޑޫ، މަތިކިޅީގެ ބޮޑު ސަރަހައްދެއްގައި ރޯވެ އަނދަމުން އަންނަތާ 8 ގަޑިއިރު، އަދިވެސް ނުނިއްވޭ!

އައްޑޫ ސިޓީ މީދޫ، މަތިކިޅި އިކޯ ގާޑެންގެ ބޮޑު ސަރަހައްދެއްގައި އަލިފާން ރޯވެ އަނދަމުން އަންނަތާ އެތައް އިރެއްވެ، އަލިފާންގަނޑު އިތުރަށް ފެތުރެން ފަށައިފިއެވެ. ފެތުރެމުން އަންނަ އަލިފާންގަނޑާ ގުޅޭގޮތުން "ސަން"އަށް މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީ ކައުންސިލްގެ، މީދޫ ދާއިރާގެ ކައުންސިލަރު އާމިނަތު ޞާލިހާ ވިދާޅުވީ މިއަދު ހެނދުނު 11:40 ހާއިރުން ފެށިގެން އެ ސަރަހައްދުގައި އަންނަނީ އަލިފާން ރޯވަމުން ކަމަށެވެ. އެމްއެންޑީއެފްގެ އެހީތެރިކަމާއެކު އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން އައި ނަމަވެސް އަދިވެސް ނިއްވައިނުލެވޭ ކަމަށް ޞާލިހާ ވިދާޅުވިއެވެ. މަތިކިޅީގައި އަލިފާން ރޯވެ އަނދަނީ -- އަލިފާންގަނޑު ފެތުރެމުން ގޮސް މިހާރުވަނީ އިކޯގާޑެންއާ ހަމައަށް ފޯރައިފައެެވެ. މީދޫ، އިކޯގާޑެންއަކީ މަތިކިޅި ބަލައިލަން ދާ މީހުންނަށް ޚާއްސަކޮށް ތައްޔާރުކޮށްފައިވާ ކުޑަ ޕާކެކެެވެ. މެދުކެނޑުމެއް ނެތި އަލިފާންގަނޑު ރޯވެ ފެތުރެމުން އަންނަތާ މިހާރު އަށެއްކަގަޑިއިރު ވެފައިވާއިރު، މީގެ ސަބަބުން މިހާތަނަށް ލިބުނު ގެއްލުން އަދި ނޭނގެއެވެ. މީގެ ކުރިން ހަމަ މި ތަނުގައ ރޯވި ހާދިސާއާ ގުޅިގެން ވާހަކަދައްކަވަމުން ޞާލިހާ ވިދާޅުވީ މީގެ ކުރިން ވެސް އެ ތަނުގައި އަލިފާނުގެ ހާދިސާތައް ހިނގައިފައި އެބަހުރި ކަމަށެވެ. އެގޮތުން ބައެއް ފަހަރު އަމިއްލައަށް ރޯވެ ހާދިސާތައް ހިނގައިފައިހުރިއިރު، ގަސްދުގައި ވެސް މީހުން ރޯކޮށްފައި އެބަހުރި ކަމަށް ވިދާޅުވިއެވެ. https://sun.mv/201802 "މިތާ އޮޅުދަނޑުތަކާއި، އަނެއްހެން ދަނޑުވެރިކަމުގައި، އެ ސަރަހައްދާ ކައިރީގައި އުޅޭ މީހުން ވެސް ދޭތެރެ ދޭތެރެއިން އެ މީހުންގެ ދަނޑުތަކުގައި ރޯކޮށްލައިފައި ދިޔައިމާ، އެއް ސަރަހައްދެއްގައި އޮންނަ ތަނެއް ވީމާ އެއްކޮށް އެބަ [އަލިފާން] ހިފައިލާ،" ޞާލިހާ ވިދާޅުވިއެވެ. ނަމަވެސް މި ހާދިސާ ހިނގައިދިޔަ ސީދާ ސަބަބު އަދި ނޭނގޭކަމަށް ވިދާޅުވިއެވެ. އެންމެ ފަހުން މަތިކިޅީގައި މިފަދަ ބޮޑު ހާދިސާއެއް ހިނގީ މީގެ ދެ މަހެއްހައި ދުވަސްކުރިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ