ޗެއާޕާސަން ކެމްޕެއިން، ރީކޯ ފެށީ ދީނީ އިލްމުވެރީންނަށް ފުރައްސާރަ ކުރަމުން

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލާން ގަސްތުކުރާ ކަމަށް އިއުލާނު ކުރުމަށް ރޭ އޮތް އެމްޑީޕީގެ ޖަލްސާގައި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު, ދީނީ އިލްމުވެރީންނަށް ފުރައްސާރަކޮށް ވާހަކަ ދައްކައިފި އެވެ.
މީގެ ކުރީން އަމިއްލަ ކޯޓެއް ހަދާ ހުކުމް ވެސް އިއްވި މޫސަ ވަނީ ދީނީ އިލްމުވެރީންނަކީ އަމިއްލަ މަންފާއަށް ހަދީސްތަކާއި އާޔަތްތައްވެސް ބަދަލުކޮށް ވާހަކަ ދައްކާ ބައެއް ކަމަށް ބުނެފަ އެވެ. ކުރީގެ ރައީސް މައުމޫނާއި ގުޅޭގޮތުން ވެސް ވަރަށް ބޭއަދަބީ އަދި ހުތުރު ވާހަކަތައް ދައްކާފައިވާ މޫސަ ވަނީ ޖުވާ ކުޅުން ހުއްޓުވުމާއި ޖުވާ ކުޅޭ ތަންތަން ހިންގުން ހުއްޓުވަން ގާނޫނަށް ބަދަލު ގެންނަން ހުށައަޅާފައިވާތީ އެކަމާއި ގުޅުވާ ވެސް ވާހަކަ ދައްކާފަ އެވެ.
އަދި ދައުލަތުގެ ބައެއް އިސް މަގާމުތަކުގައި ތިބި އިލްމުވެރީންނަށް އިޝާރާތްކޮށް އެއީ ވެސް "ޖުވާ" ކަމުގައި ބުނެފައިވެ އެވެ. ބައެއް ދަަންނަ ބޭކަލުންނަށް އިޝާރާތްކޮށް އެއީ "މުރުތަދުވެފައިވާ" ބައެއް ކަމުގައި ވެސް އޭނާ ބުނެފައިވެ އެވެ.
އެމްޑީޕީގައި ހުންނެވުމަށް ފަހު މޫސަ ވަނީ ރައީސް ޔާމީނަށް ދެވަނަ ދައުރެއް ހޯދާދޭން ޔާމީންގެ ފަހަތަށް ގޮސްފަ އެވެ. ނަމަވެސް އަލުން އެމްޑީޕީއާ ގުޅި މިހާރު ދަނީ އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް އައުމަށް މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ