މި މަހު 13-26 އަށް ތައިލެންޑުގައި ކުރިއަށްދާ ސާފް ފުޓްސަލް މުުބާރާތުގައި ކުޅޭ ރާއްޖޭގެ ގައުމީ ފިިރިހެން ފުޓްސަލް ޓީމުގެ ސްކޮޑު ފައިނަލްކޮށްފި އެވެ.
ސާފް ފުޓްސަލް މުބާރާތަށް ގަައުމީ ފިރިހެން ފުޓްސަލް ޓީމުން ޕްރެކްޓިސް ފެށީ މިދިޔަ މަހުގެ ފުރަތަމަ ދުވަހު އެވެ. އުޒްބެކިސްތާންގެ ކޯޗު ފާރޫކް ޒަކީރޯވްގެ އިރުޝާދުގެ ދަށުން މާލޭގައި މަހެއްހާ ދުވަހު ޕްރެކްޓިސްތައް ކުރިއަށްގެންދިއުމަށް ފަހު، މިހާރު އަންނަނީ ޗައިނާ އަށް ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކުރަމުންނެވެ.
މިއީ، މި ގޮތަށް ޓްރެއިނިން ކޭމްޕެއް ފުރިހަަމަކުރާ ފުރަތަމަ ފަހަރެެވެ.
ޗައިނާގެ ޓްރެއިނިން ކޭމްޕްގައި، 17 ކުޅުންތެރިންނާ އެކު ކުރިއަށް ގެންދިއުމަށް ފަހު، މިއަދު ވަނީ 14 ކުޅުންތެރިންނަށް ކުޑަކޮށްފަ އެވެ. ފައިނަލް ސްކޮޑުން ކެޓި ތިން ކުޅުންތެރިންކީ، މުހައްމަދު އިސާމް (ޝަންޓެ)، އިސްމާއިލް ވަޖީހު (ވައްޖެ) އަދި ގޯލްކީޕަރު، މުހައްމަދު ލުފްސާން (ޕަފް) އެެވެ.
ޓީމުގައި ހިމެނޭ ދެ ގޯލްކީީޕަރުންނަކީ، އިބްރާހިމް ނާޖިހު (ހޭޓް)، ޒައިދާން އަހުމަދު (އަސޫ) އެވެ. ދެން ހިމެނޭ ކުޅުންތެރިންނަކީ، އަލީ ޝިޔާހު (ޝިޔަޅޭ)، އަހުމަދު ހަމީދު (އައްމަޑޭ)، އިޝާން އިބްރާހިމް (ސައްޓު)، ހުސެއިން ޝަރީފް (އޮންލީ)، މުހައްމަދު އިމްރާން (އިންމި)، އަބްދުﷲ ޝާފިއު (ޝާއްޕެ)، ހުސެއިން ސުހައިލް (ސޮކޭ)، ހުޒައިފަތު ރަޝީދު (ހުޒޭ)، އަހުމަދު ރާހިލް ރަޝީދު (ރާއްކޮ)، އަބްދުﷲ ޖުނައިދު (ޖެންނޭ)، އަލީ ހައިޝަމް (ޗުމްޕު) އަދި އަލީ ޝަމާލް އަބްދުﷲ (ޝަންމު) އެވެ.
މުޅިން އަލަށް ގައުމީ ޓީމާ އެކު މުބާރާތަކަށް ދާ ކުޅުންތެރިންނަކީ، ނާޖިހު، އައްމަޑޭ، ޖެންނޭ އަދި ޗުމްޕު އެވެ.
ގައުމީ ފުޓްސަލް ޓީމުން ޗައިނާ ކޭމްޕްގައި ކުޅުނު ފުރަތަމަ ދެ މެޗުން ބަލިވި ނަމަވެސް، މިއަދު ކުޅުނު މެޗުން ވަނީ 2-2 އިން އެއްވަރުވެފަ އެވެ. ޓީމު ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި، ޗައިނާ މަގުން ތައިލެންޑަށް މުބާރާތަށް ދާނެ އެވެ.
ސާފް ފުޓްސަލް މުބާރާތް ކުރިއަށްދަނީ ލީގު ފޯމެޓަށެވެ. ރާއްޖޭން ކުޅޭ ފުރަތަަމަ މެޗުގައި ޖެނުއަރީ 14 ވަނަ ދުވަހު ޕާކިސްތާނާ ބައްދަލުކުރާނެ އެވެ. ދެ ވަަަނަ މެޗުގައި ޖެނުއަރީ 16 ވަނަ ދުވަހު ބަންގްލަދޭޝާ ކުޅުމަށް ފަހު، ތިން ވަނަ މެޗުގައި ޖެނުއަރީ 20 ވަނަ ދުވަހު، އިންޑިއާއާ ކުޅޭނެ އެވެ. އަދި، ހަތަރު ވަނަ މެޗުގައި ޖެނުއަރީ 22 ވަނަ ދުވަހު ނޭޕާލާ ކުޅުމަށް ފަހު، ފަސް ވަނަ މެޗުގައި ޖެނުއަރީ 24 ވަނަ ދުވަހު، ބޫޓާނާ ކުޅުމަށް ފަހު، މުބާރާތުގައި ރާއްޖޭން ފަހު މެޗުގައި، ޖެނުއަރީ 26 ވަަނަ ދުވަހު ބައްދަލުކުރާނީ، ސްރީ ލަންކާއާ އެވެ.
ސާފް ފުޓްސަލް މުބާރާތަށް ގައުމީ ފުޓްސަލް ޓީމު ފައިނަލްކޮށްފި ސާފް ފުޓްސަލް މުބާރާތަށް ގައުމީ ފުޓްސަލް ޓީމު ފައިނަލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ