އިންޑިއާގެ އަސްކަރީ މަތިންދާބޯޓެއް ކަމަށްވާ އޭއެން-32 ޓްރާންސްޕޯޓް އެއަރކްރާފްޓް، އާސާމްގެ ޖޯރްހާތު އެއަރފޯސް ސްޓޭޝަނަށް ޖައްސަން އުޅުމުގެ ތެރޭގައި ހޮނިހިރު ދުވަހު ވެއްޓި، ފަސް ސިފައިން މަރުވެއްޖެއެވެ. މި ހާދިސާގައި ބޯޓުގެ ކޯ-ޕައިލެޓަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ.
އިންޑިއަން އެއަރފޯސް (އައިއޭއެފް) އިން މައުލޫމާތު ދޭ ގޮތުގައި، ބޯޓު ވެއްޓުމާއެކު އޭގައި ވަނީ އަލިފާން ރޯވެފައެވެ. މި ހާދިސާއާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ވަގުތުން ހަރަކާތްތެރިވާން ފަށާފައިވާއިރު، ބޯޓު ވެއްޓެން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ޚާއްސަ ތަހުގީގެއް (ކޯޓް އޮފް އިންކުއަރީ) މިހާރު ވަނީ ފަށާފައެވެ.
ސޯވިއެޓް ޔޫނިއަނުން ފަރުމާކޮށްފައިވާ އޭއެން-32 އަކީ ދެ އިންޖީނުލީ އަސްކަރީ މަތިންދާބޯޓެކެވެ. 1980 ގެ އަހަރުތަކުން ފެށިގެން އިންޑިއާގެ ވައިގެ ސިފައިން ބޭނުންކުރަމުން އަންނަ މި ބޯޓުތަކަކީ މުދަލާއި މީހުން އުފުލުމުގެ އިތުރުން، އުސް ސަރަހައްދުތަކާއި ދުރު ހިސާބުތަކުގައި ކުރިއަށްގެންދާ އޮޕަރޭޝަންތަކުގައި މުހިންމު ދައުރެއް އަދާކުރާ ބޯޓުތަކެކެވެ. އިންޑިއާގެ އަސްކަރިއްޔާގައި މިފަދަ 100 އަށްވުރެ ގިނަ ބޯޓު މިހާރުވެސް ދަނީ ބޭނުންކުރަމުންނެވެ.
މި ހާދިސާ ހިނގާފައި މިވަނީ، މީގެ މަސްތަކެއް ކުރިން އާސާމްގެ ކަރްބީ އަންގްލޮންގް ޑިސްޓްރިކްޓަށް އައިއޭއެފްގެ ސުޚޯއީ އެސްޔޫ-30 އެމްކޭއައި މަރުކާގެ ފައިޓަރ ޖެޓެއް ވެއްޓި، އޭގައި ތިބި ދެ ޕައިލެޓުން މަރުވެފައި ވަނިކޮށެވެ.
އިންޑިއާގެ އަސްކަރީ ބޯޓެއް ވެއްޓި ފަސް މީހުން މަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ