ޕެންޝަން ބޯޑުން މާދިން ވެސް އިސްތިއުފާ ދެއްވައިފި

ޕެންޝަން އޮފީހުގެ ބޯޑު މެންބަރު މުހައްމަދު މާދިން ލަތީފު ވެސް އެ ބޯޑުން އިސްތިއުފާ ދެއްވައިފި އެވެ.
ތަފްސީލް - މާދިން އިސްތިއުފާ ދެއްވީ ބުދަދުވަހު އެވެ. އޭނާ އެ ބޯޑަށް އައްޔަންކުރެއްވީ، މިދިޔަ އަހަރުގެ 13 މެއި ގަ އެވެ. 
ޕެންޝަން ބޯޑުން މާދިން އިސްތިއުފާ ދެއްވާފައި މިވަނީ، ޕެންޝަން ފަންޑުން އިންވެސްޓުކޮށްފައި ހުރި 2.4 ބިލިއަން ރުފިޔާގެ ބޮންޑް އެމްއެމްއޭއަށް ވިއްކާލުމަށް ފަހު އެ ފައިސާ ބޭނުންކޮށްގެން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓުކުރަން ޕެންޝަން އޮފީހުގެ ބޯޑުން ނިންމައި، އެކަން ކުރަން އުޅޭތީ އެވެ.
ޕެންޝަން ފަންޑް މެދުވެރިކޮށް ސަރުކާރުގެ ހަރަދުތަކަށް ފައިސާ ޗާޕްކުރަން އުޅޭތީ އެ މުއާމަލާތައް ހުއްދަދިނުމާ ދެކޮޅުހަދައި، އެ ބޯޑުގެ އިސް ވެރިންތަކެއް މީގެ ކުރިން ވެސް ވަނީ އިސްތިއުފާ ދެއްވާފަ އެވެ.
އެގޮތުން:
އަހުމަދު ސަރުވަޝް އާދަމް: ބޯޑުގެ މެންބަރުކަމުން އިސްތިއުފާ ދެއްވީ މިދިޔަ ސެޕްޓެމްބަރުގައި
ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ހައްވާ ފަޖުވާ: އިސްތިއުފާ ދެއްވީ އޮކްޓޯބަރުގައި
ބޯޑުގެ ޗެއާޕާސަން އަހުމަދު އިނާޒު: އިސްތިއުފާ ދެއްވި މިދިއަ އާދިއްތަދުވަހު
ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމް: އިސްތިއުފާ ދެއްވީ މިދިއަ ބުދަދުވަހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ