ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާ ނުހުއްޓި އަދިވެސް ދަނީ އިތުރުވަމުން: އެޗްޕީއޭ

މާލެ ސަރަހައްދުގައި މި ދުވަސްވަރު, ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާ އަދިވެސް ދަނީ އިތުރުވަމުން ކަމަށް, ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. މިދިޔަ އަންގާރަ ދުވަހު "ސަން" އިން މާލެ ސަރަހައްދުގެ ހޮސްޕިޓަލަށް ގުޅައި ބެލިބެލުމުން ވެސް އެނގުނީ މި ރޯގާ ވަރަށް އިތުރުވެ, ހޮސްޕިޓަލްތަކަށް ބާރު ބޮޑުވެފައިވާ ކަމެވެ. އެގޮތުން ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލުން ވެސް ބުނީ ރޯގާގެ ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އިތުރުވަމުން އަންނަތާ ދުވަސްކޮޅެއް ވެފައިވާ ކަމަށެވެ. https://www.sun.mv/217518 ބޭރަށް ހިންގުމާއި ހޮޑުލެވޭތީ ޑޮކްޓަރަށް ދައްކާ މީހުން ސުކޫލުތައް ހުޅުވުނު ފަހުން އިތުރުކަން ހުޅުމާލެ ހޮސްޕިޓަލުން ފާހަގަކުރިއެވެ. ޚާއްސަކޮށް، ޑޮކްޓަރަށް ދައްކާ ކުޑަކުދިން އިތުރުކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ. އެޗްޕީއޭއިން އިއްޔެ ބުނީ މިދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން ދަނީ އިތުރުވަމުން ކަމަށާއި ބަލިން ރައްކާތެރި ވުމަށް ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުން އިތުރު ކުރަން އެދޭ ކަމަށެވެ. މި ބަލީގައި އަވަހަށް ޑޮކްޓަރަށް ދައްކަން ޖެހޭ ހާލަތު: ގިނަގިނައިން ހޮޑުލެވުން މާބޮޑަށް ވަރުދެރަވެ ދިޔާތަކެތި ބޭނުން ކުރެވޭ ވަރު މަދުވުން ބޮލަށް އެނބުރުން އެރުން އާދަޔާ ހިލާފަށް ކަރު ހިއްކުން އާދަޔާ ހިލާފަށް ބަނޑުގައި ރިއްސުން ލެވޭ ހޮޑުގައި ނުވަތަ ބޮޑުކަމުދާ ތަކެތީގައި ލޭގެ އަސަރު ހުރުން ކުޑަކަމު ދެވޭ މިންވަރު މަދުވުން ބޭރަށް ހިންގާނަމަ ދެވޭނެ ފަރުވާ: ގިނަގިނައިން ލޮނުޕެކެޓް, ފެން އަދި ސޫޕް ފަދަ ދިޔާތަކެތި ބޭނުން ކުރުން ފާހާނާ ކުރުމަށްފަހު, އަދި ކާބޯތަކެތި ތައްޔާރު ކުރުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުން ފާހާނާ ބޭނުން ކުރުމަށްފަހު ރަނގަޅަށް ސެނެޓައިޒް ކުރުން އަލާމާތްތައް ނުފެންނަތާ އެއް ދުވަސް ވަންދެން ސްކޫލަށް ކުދިން ނުފޮނުވުން, އަދި ބޮޑެތި މީހުން ގޭގައި މަޑުކުރުން މި ރޯގާ މިހާ ބޮޑަށް އިތުރު ވެފައި މިވަނީ ސްކޫލު ބަންދަށް ފަހުގައެވެ. މި ސްކޫލު ބަންދުގައި 50,000 އާ ގާތްކުރާ އަދަދަކަށް ދިވެހީން ރާއްޖޭން ބޭރަށް ދިޔައެވެ. އޭގެ ތެރެއިން 8000 އާ ގާތް ކުރާ އަދަދަކަށް އުމްރާގެ އަޅުކަމަށް މީހުން ސައުދީއަރަބިއްޔާއަށް ދިޔައެވެ. އާއްމުކޮށް އުމްރާއާއި ހައްޖުން މީހުން އަންނަ ދުވަސްވަރު އެކި ކަހަލަ ރޯގާތައް ފެތުރޭ މިންވަރު އިތުރުވެއެވެ. އެކަން ހުއްޓުވުމަށްޓަކައި ހައްޖާއި އުމްރާއިން އަންނަ މީހުން ރޯގާގެ އަލާމާތް ހުރެއްޖެނަމަ ބޭރަށް ދިއުމާއި މީހުންނާ ބައްދަލު ކުރުންފަދަ ކަންކަން ނުކުރުމަށް އެޗްޕީއޭއިން އަބަދުވެސް ލަފާދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ