ރައީސް އިއްވެވީ އަވާމެންދުރެއް ފަދަ ރިޔާސީ ބަޔާނެއް: ޝާހިދު

މިއަދު ރައީސް މުހައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާން އޮތީ، އިންތިހާބެއް ބޯމަތިވެފައި އޮތުމުން ރައްޔިތުންނަށް ދެއްކެވި ހުވަފެނެއްގެ ގޮތުގައި ކަމަށާއި އެއީ އަވާމެންދުރެއްފަދަ ރިޔާސީ ބަޔާނެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ރައީސް މުއިއްޒުގެ އިއްވެވި ތިން ވަނަ ރިޔާސީ ބަޔާންވެސް ފާހަގަވެގެން މިދިޔައީ، ފާއިތުވެދިޔަ ދެ ރިޔާސީ ބަޔާނެކޭ އެއްފަދަ، އަވާމެންދުރެއް ފަދަ ރިޔާސީ ބަޔާނެއްގެ ގޮތުގައި ކަމަށެވެ. މިއަދުގެ ރިޔާސީ ބަޔާން އޮތީ، އިންތިޚާބެއް ބޯމަތިވެފައި އޮތީތީ ރައްޔިތުންނަށް ދެއްކެވި ނަނާ ހުވަފެނެއްގެ ގޮތުގައި ކަމަށް ޝާހިދު ވިދާޅުވި އެވެ."ފާއިތުވެދިޔަ ދެ އަހަރުގެ ރިޔާސީ ބަޔާނުގައި ވައުދު ވެވަޑައިގެންނެވި އެއްވެސް ކަމެއް ކުރެވިފައި ނެތްއިރު އެ ވައުދުތައް ވަޅުލައި ކަފުންކޮށްފައި، އިތުރު ދޮގުތަކެއް ރައްޔިތުންގެ ކުރިމަތީ ހާމަ ކުރެއްވުމަކީ ރައްޔިތުން އަގެއްނެތް ބަޔަކަށް ހެއްދެވުން،" ޝާހިދު ވިދާޅުވި އެވެ.‏މިއަދުގެ ހަގީގަތަކީ ފަތު އަޑުކިޔާފައި ތަކެތީގެ އަގު އުފުލެމުން ދިއުމާއި ޑޮލަރުގެ އަގު އަތް ނުފޯރާފަށަށް އުފުލި، ވިޔަފާރިތައް އިނދަޖެހި، އިގްތިސާދު ފާލުން ނެއްޓި، މުޅި ގައުމަށް ކުރިމަތިވެފައިވާ ގިލަންވެރިކަމަށް އެއްވެސް ހަލެއް ފެންނަންނެތުން ކަމަށް ޝާހިދު ވިދާޅުވި އެވެ. "ރިޔާސީބަޔާނަށް ދޮގުބަޔާނޭ ރައްޔިތުން ކިޔަން ފަށައިފި" ޕޯސްޓު ނިންމަވާލައްވަން ލިޔުއްވާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ