ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ ވެރިކަމުގައި ނާޖާއިޒު ގޮތުގައި ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 6.2 ބިލިއަން އެމެރިކާ ޑޮލަރުގެ މުދަލާއި ފައިސާ، އެ ގައުމުގެ އާ ސަރުކާރުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
2024 ވަނަ އަހަރު ދަރިވަރުން އިސްނަގައިގެން ބޭއްވި ވަރުގަދަ މުޒާހަރާތަކަކާ ގުޅިގެން 15 އަހަރުވީ ވެރިކަން ވެއްޓުމާއެކު، ހަސީނާ ވަނީ އަވަށްޓެރި އިންޑިއާއަށް ފިއްލަވާފައެވެ. އޭގެ ފަހުން ބަންގްލަދޭޝްގެ އާ ސަރުކާރުން އަންނަނީ ހަސީނާގެ ވެރިކަމުގައި ހިންގާފައިވާ ކޮރަޕްޝަނާއި މާލީ ބޮޑެތި ޖަރީމާތައް ވަރަށް ފުޅާ ދާއިރާއެއްގައި ތަހުގީގު ކުރަމުންނެވެ.
ސަރުކާރުން ހިފެހެއްޓި މުދަލުގެ ތަފްސީލަށް ބަލާއިރު، ބަންގްލަދޭޝް ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ހާމަކޮށްފައިވާ ގޮތުގައި އޭގެ ތެރެއިން 570 ބިލިއަން ޓާކާގެ މުދާ ހުރީ ބަންގްލަދޭޝްގައެވެ. އަދި ބާކީ 190 ބިލިއަން ޓާކާގެ މުދާ ހުރީ ގައުމުން ބޭރުގައެވެ.
ވެރިކަން ވެއްޓުނު ފަހުން ހަސީނާގެ ޣައިރު ހާޒިރުގައި ވަނީ ކޮރަޕްޝަނާއި ބިން ބެހުމުގެ މައްސަލަތަކެއް ސާބިތުވެފައެވެ. މީގެ އިތުރުން އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގުމުގެ ކުށުގައި އޭނާ މަރަންވެސް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ހަސީނާގެ އާއިލާގެ ވިޔަފާރިން 6.2 ބިލިއަން ޑޮލަރުގެ މުދާ ހިފަހައްޓައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ