އެޓަލަންޓާ، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 16) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން، އާެޖެންޓީނާ އިން މި ފަހަރުގެ މުބާރާތުގެ ފައިނަލާ ހަމައަށް ކުރި ދަތުރުގައި، އެ ޓީމު މޮޅުވަމުން އައި އެންމެ ބޮޑު ސަބަަބަކީ، މެޗުތަކުގެ ފަހު ވަގުތާ ހަމައަށް ޖެހިލުމެއްނެތި ކުރަމުން އަންނަ މަސައްކަތުގެ ސަބަބުން ކަމަށް އާޖެންޓީނާގެ ކޯޗު، ލިއޮނަލް ސްކަލޯނީ ބުނެފި އެވެ.
ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ސައުދީ އަރަބިއްޔާ އަތުން ބަލިވި ފަހުން، ދެން، ވޯލްޑް ކަޕްގައި އާޖެންޓީނާ މެޗަކުން ބަލިވެފައިނުވެ އެވެ. މި ފަހަރުގެ ވޯލްޑް ކަޕްގެ ނޮކައުޓް ބުރުގައި އާޖެންްޓީނާ އިން މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް ނިސްބަތުން ބަލާއިރު މޮޅުވެފައިވަނީ އުނދަގުލުންނެވެ. އެ ގޮތުން، ގަދަ 32 ޓީމުގެ ބުރުގައި ކޭޕް ވާޑް އާއި ކުއާޓާ ފައިނަލުގައި ސްވިޒަލެންޑް އަތުން އިތުރު ވަގުތުގެ ދެ ހާފު ކުޅެގެން މޮޅުވިއިރު، ގަދަ 16 ބުރުގައި މިސްރު އަތުންނާއި ރޭ އިންގްލެންޑް އަތުން 90 މިނިޓް ތެރޭ ނަތީޖާ އަނބުރާލީ ފަހު ވަގުތު ލަނޑުތައް ޖަހައި ފަހަތުން އަރަ އެވެ.
MU STORE
Yes Maldives Pvt Ltd
MU STORE
Enterprise Development Industrial Pvt Ltd
Enterprise Development Industrial Pvt Ltd
"އަހަންނަށް މި ކުޅުންތެރިން ވަރަށް ރަނގަޅަށް އެނގޭ. އެ މީހުން ޖެހިލުންވާ އެއް ކަމެއް ވެސް ނެތް. އެ މީހުން ޖެހިލުމެއް ނުވޭ އެ މީހުންގެ ކޮނޑުގައި އެޅިފައި އޮތް ޒިންމާގެ ބުރަދަނަކީ ކިހާ ވަރެއް ކަމެއް ވިސްނައިގެން، ޕްރެޝަރަށް ނުވިސްނައި ފަހު ވަގުތާ ހަމައަށް ހިތްވަރާ އެކު، އާއިލާއެއްހެން. ކުރާ މަސައްކަތް މި ކާމިޔާބުގެ ސިއްރަކީ،" ސްކަލޯނީ ބުންޏެވެ.
"އެ ކުޅެލަނީ އުމުރުން އަށެއް ނޫނީ ނުވަ އަހަރުގައި އުޅެލާހެން. ހިޔާލެއް ފިކުރެއް ނެތް ކަމެއް ގޯސްވެއްޖިއްޔާ ނޫނީ ކަމެއް ހާސިލްނުވެއްޖިއްޔާ ވާނެ ކަމެއް. ސެމީ ފައިނަލް ކަމެއް ނޫނީ ފައިނަލް ކަމެއްގެ ޕްރެޝަރެއް ވެސް ނެތް،"
ސްކަލޯނީ ހަވާލުވި ފަހުން، އާޖެންޓީނާ އިން ވޯލްޑް ކަޕާއި ކޮޕަ އެމެރިކާގެ ދެ މުބާރާތުގެ އިތުރުން ފައިނަލިސިމާ (ޔޫރަޕް އާއި ދެކުނު އެމެރިކާގެ ޗެމްޕިއަނުން ކުޅޭ މެޗު) ވަނީ ކާމިޔާބުކޮށްފަ އެވެ. މި ފަހަރުގެ ވޯލްޑް ކަޕްގެ ފައިނަލުގައި އާޖެންޓީނާ އިން ކުޅޭނީ، 2010 ވަނަ އަހަރުގެ ވޯލްްޑް ކަޕް ކާމިޔާބުކުރި ސްޕެއިނާ ދެކޮޅަށެވެ.
މި ފަހަރުގެ ފައިނަލަކީ ވެސް އާޖެންޓީނާ އަށް ހުރިހާ ގޮތަކުން ޗެލެންޖު ބޮޑު މެޗަކަށްވާނެ ކަމަށް ސްކަލޯނީ ދެކެ އެވެ.
އާޖެންޓީނާ މޮޅުވަނީ ފަހު ވަގުތާ ހަމައަށް ޖެހިލުމެއް ނެތި މަސައްކަތްކުރާތީ: ސްކަލޯނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ