ގައުމީ އެއާލައިން މޯލްޑިވިއަންއަށް ޕައިލެޓުން ހޯދަން އިއުލާނުކޮށްފި

ގައުމީ އެއާލައިން މޯލްޑިވިއަނަށް ޕައިލެޓުން ހޯދަން މިއަދު އިއުލާންކޮށްފި އެވެ.މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޓެޑް އިން ވަނީ ޑީއެޗްސީ-6 އަށް ކެޕްޓަނުން ހޯދަން އިއުލާނުކޮށްފަ އެވެ.އެ އެއާލައިން އޮޕަރޭޓްކުރާ ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އިން މިއަދު ވަނީ ޑީއެޗްސީ-6 އަށް ކެޕްޓަނުން ހޯދަން އިއުލާންކޮށްފަ އެވެ. ޑީއެޗްސީ-6 ގެ ކެޕްޓަންގެ މަގާމު ޝަރުތުތަކުގެ ތެރޭގައި މަދުވެގެން 5،000 ގަޑިއިރުގެ ތަޖުރިބާ ލިބިފައިވުމާއެކު ޑީއެޗްސީ-6 މަރުކާގެ ފްލައިޓުން މަދުވެގެން 4،000 ގަޑިއިރުގެ ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ.މީގެ އިތުރުން ޑީއެޗްސީ-6 ފްލައިޓްގެ ކޮމާންޑްގެ ގޮތުގައި މަދުވެގެން 2،500 ގަޑިއިރުގެ ތަޖުރިބާ ލިބިފައިވުން ވެސް ހިމެނެ އެވެ.މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ މާޗް 3 ވަނަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށް ހުޅުވާލާފަ އެވެ.މޯލްޑިވިއަންގައި ޑީއެޗްސީ-6 މަރުކާގެ 11 ފްލައިޓް އޮވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ