މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު މެދުއިރުމަތީގައި ހަމަނުޖެހުންތައް ބޮޑުވެ، ބޮޑު ހަނގުރާމައެއްގެ ބިރު ހީވުމާ ގުޅިގެން، މަސްރަހު ފިނިކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ދަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުންނެވެ. ޕާކިސްތާނަކީ އީރާނުގެ އަވަށްޓެރި ގައުމަކަށް ވުމުގެ އިތުރުން، އެމެރިކާއާ ވެސް ސިޔާސީ އަދި ދިފާއީ ގޮތުން ގާތް ގުޅުމެއް ބާއްވާ ގައުމަކަށް ވާތީ، ދެ ފަރާތުގެ މެދުގައި އިތުބާރު ހުރި މެދުވެރިއެއްގެ ދައުރު އަދާކުރުމުގެ ފުރުސަތު އެ ގައުމަށް ވަނީ ލިބިފައެވެ.
މި މައްސަލައިގައި ނަތަންޔާހޫ އާއި ޓްރަމްޕް ގެންގުޅޭ ހަރުކަށި ސިޔާސަތުތަކުގެ ސަބަބުން ސަރަހައްދީ ހަމަޖެހުން މުޅިން ގެއްލި، ސީދާ އަސްކަރީ ކުރިމަތިލުމަކަށް ގޮސްފައިވާއިރު، ޕާކިސްތާނުން މި ފެށި މަސައްކަތަކީ ހަނގުރާމަ އިތުރަށް ފުޅާވިޔަ ނުދީ ހުއްޓުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ. މީގެ ކުރިން ވެސް އެމެރިކާއާއި އީރާނުގެ ގުޅުން ގޯސްވާ ދަނޑިވަޅުތަކުގައި ޕާކިސްތާނުން ވަނީ ސިއްރު މެސެޖުތައް ބަދަލުކޮށްދިނުމުގައި އެހީތެރިވެދީފައެވެ.
އެމެރިކާއާއި އީރާނުގެ މެދުގައި މެދުވެރިއެއްގެ ރޯލު މިދަނީ އަދާކުރަމުން: ޕާކިސްތާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ