މަޝްވަރާތަކެއް ކުރިއަށްދާކަމަށް ބުނެ, އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނުގެ ކަރަންޓު ވިއުގައަށް ދޭން ރާވާފައިވާ ހަމަލާތައް އޭޕްރީލް މަހުގެ 6 ވަނަ ދުވަހަށް ފަސްކޮށްފިއެވެ. ޓްރަމްޕް ބުނި ގޮތުގައި މިކަން ފަސްކުރީ، އީރާނުގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރަމުންދާ މަޝްވަރާތަކަށް ކުރިއެރުން ލިބެމުންދާތީއެވެ.
ޓްރޫތު ސޯޝަލްގައި ޓްރަމްޕް ލިޔުނު ޕޯސްޓެއްގައި ބުނީ، ހަކަތަ އުފައްދާ ތަންތަން ހަލާކުކޮށްލުމަށް ކަނޑައަޅާފައިވާ މުއްދަތު އީރާނު ސަރުކާރުން އެދިގެން، 10 ދުވަހަށް ފަސްކޮށްފައިވާ ކަމަށެވެ. އެގޮތުން މިހާރު ހަމަލާދޭން ނިންމާފައިވަނީ އޭޕްރީލް 6 ވާ ހޯމަ ދުވަހުގެ ރޭގަނޑު 8:00 (އީސްޓަން ޓައިމް) ގައެވެ. ފޭކް ނިއުސް މީޑިއާތަކުން ދޮގު ވާހަކަތައް ފެތުރި ނަމަވެސް މަޝްވަރާތައް ވަރަށް ރަނގަޅަށް ކުރިއަށްދާ ކަމަށް އޭނާ ބުންޏެވެ.
އީރާނުގެ ކަރަންޓު ވިއުގައަށް ހަމަލާދިނުން ޓްރަމްޕް އަނެއްކާ ވެސް ފަސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ